Saturday, 13 April 2024

ޢުމުރާކޮށް ނިންމިތަނާ ޢާއިލާގެ ފަސް މެންބަރުން މަރުވެއްޖެ

ޢަރަބި ޢިމާރާތުގައި ދިރިއުޅެމުންދާ ޖޯޑުންގެ ޢާއިލާއަށް މާތްވެގެންވާ މައްކާގެ ބިމަށް އައިސް ޢުމުރާކޮށް، އެނބުރި ޢަރަބި އިމާރާތަށް ދަތުރުކުރި މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި އާއިލާގެ ފަސް މެންބަރުން އެކީގައި މަރުވެއްޖެއެވެ.

އެ ޢާއިލާގެ 6 މެންބަރަކު ޢުމުރާ ނިންމުމަށްފަހު އެނބުރި ޤަައުމަށް ދިއުމަށް ކާރުގައި ދަތުރު ކުރަނިކޮށް ވަކި ހިސާބަކަށް ގޮސް ހުއްޓައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، އާއިލާގެ 5 މެންބަރުން މަރުވެފައިވާއިރު، އެކަކު ވަނީ ސަލާމަތްވެފައެވެ.

ކުދިންގެ ބައްޕަ، މަލިކު އަކްރަމު ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓްގައި އޭނާގެ އިތުރުން އޭނާގެ 4 ދަރިން މަރުވެފައިވެއެވެ. މި ޙާދިސާގައި ހަމައެކަނި ސަލާމަތްވީ މަލިކުގެ އަނބިމީހާއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ކިންގް ފަހުދު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އެބަގެންދެއެވެ.

މިހާރު މައްޔިތުންގެ ހަށިގަނޑު ޖޯޑުންއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައުދީގެ ސަރުކާރުން ހާމަކުރެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *