"ކީރިތި ޤުރުއާން ފަސޭހައިން ހިތުދަސްކުރުމަށް ފަހި މަގެއް"، މި ޝިޢާރުގެ ދަށު 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށްހަމަޖެހިފައިވާ ޤުރްއާން ޙިފްޡުކުރުމުގެ ކޯހުގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލެވިފައިވާ ކޯހެއްކަމަށް އެ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ.
މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 27 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް މިކަމަށް ކުރެއްވި އިޢުލާންގައިވެއެވެ.
މީގެ އިތުރުން އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ފުވައްމުލައް ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރު (ޅ. ނައިފަރު – ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)އަދިއައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ އަށް ހުށަހެޅޭނެ ކަމަށްވެސް އެ އިޢުލާންގައި ވެއެވެ.
އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެ ކަމަށާއި، އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.
މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އައިޔޫއެމްއިން މަޢުލޫމާތު ދެއްވައެވެ.
ކީރިތި ޤުރުއާން ފަސޭހައިން ހިތުދަސްކުރުމަށް ފަހި މަގެއް! ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލެވިފައި!
އަވަހަށް ރަޖިސްޓްރީކޮށްލަށްވާ!
ރަޖިސްޓްރޭޝަން ފޯމުގެ ލިންކު: https://t.co/yiTUxSy4sG
ގެޒެޓް ލިންކު: https://t.co/VNq5DBxZxc pic.twitter.com/eBB40wRRVk
— Islamic University of Maldives (@official_ium) August 24, 2023