ހުކުރު ދުވަހުން ފެށިގެން އުތުރުގެ 5 ރަށެއްގައި ޤައުމީ ދިފާޢީ ބާރުގެ ޚާއްސަ މިލިޓަރީ ޕެރޭޑްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ މި ޕެރޭޑްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ހދ. ހަނިމާދޫއަށް ބަދަލުކުރާތީ އެކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕެރޭޑްތަކެއްކަމަށާއި، މި ޕްރޭޑްތައް މާދަމާއިން ފެށިގެން މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ހދ. ހަނިމާދޫ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ނޮޅިވަރަންފަރުގައި ކުރިއަށްދާ ޕެރޭޑް ތާވަލުކޮށްފައިވަނީ، ހަނިމާދޫގައި މިމަހުގެ 25 ގައި، ކުޅުދުއްފުށީގައި 26 ގައި، ދިއްދޫގައި 27 ގައި، އިހަވަންދޫގައި 28 ގައި، އަދި 29 ވަނަ ދުވަހު އޮންނަ ގޮތަށެވެ.
މި ދުވަސްތަކުގައި ހަވީރު 16:30 މިލިޓަރީ ޕެރޭޑް ކުރިއަށްދާނެކަމަށާއި އަދި ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.
އެމް.އެން.ޑީ.އެފުން ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް މިހާތަނަށް ހިންގަމުންދިޔައީ ޅ. މާފިލާފުށީގައެވެ.