ނ. ވެލިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

ޅޮހީގެ ރާޅުގަނޑު ސަރަޙައްދު ތަރައްޤީކޮށްދޭނަން: ޑރ. މުޢިއްޒު

ޅޮހީގެ ރާޅުގަނޑު ސަރަޙައްދު ތަރައްޤީކޮށްދެއްވާނެ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، މުޢިއްޒު ވިދާޅުވީ، ޅޮހީގައި ރާޅާ އެޅުމަށް ވަރަށް ރަނގަޅު ރާޅުގަނޑެއް އެބައޮތްކަމަށެވެ. އަދި އެތަން ތަރައްގީ ކުރެވިއްޖިއްޔާ ރާޅާ އެޅުމުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ޒުވާނުންނަށް ފައިދާވެގެންދާނެ ކަމަށާއި، ޅޮހީގެ ރާޅުގަނޑު ސަރަޙައްދު ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

"ޅޮހީގައި ރާޅާ އެޅުމަށް ވަރަށް ރަނގަޅު ރާޅުގަނޑެއް އެބައޮތް. އެތަން ތަރައްގީ ކުރެވިއްޖިއްޔާ ރާޅާ އެޅުމުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ޒުވާނުންނަށް ފައިދާވެގެންދާނެ. އެހެންކަމުން ޅޮހީގެ ރާޅުގަނޑު ސަރަޙައްދު ތަރައްޤީކޮށްދޭނަން"

މުޢިއްޒު ވިދާޅުވިއެވެ.

Image

މި ޖަލްސާގައިވަނީ، ވެލިދޫ ކައިރިން އޮތް ވިހަފަރުފިނޮޅު ހިއްކާ އެތަނުގައި އެއަރޕޯޓެއް ތަރައްޤީކުރުންކަމަަށާއި، ޤާނޫނީ ހަމަތަކުގެ މަތިން އެ ފަޅު އަލުން އަނބުރާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"މިވަގުތު އެފަޅު އޮފީ ބަޔަކަށް ދީފައި. އެހެންނަމަވެސް ޤާނޫނީ ހަމަތަކުން އެ ފަޅު ހޯދަން މަސައްކަތްކުރާނަން. އަދި އެއަރޕޯޓެއް ތަރައްޤީކުރާނަން."

ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Image

ވެލިދޫގައި އެންމެ ޒަމާނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް، މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއިރު، ޑްރަގް ކޯޓުގެ ހިންގުން ޒަމާނާ އެއްގޮތަށް ބަދަލުކުރެއްވުމަށް ޤާނޫނަށް ބަދަލު ގެންނަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Image

"އިސްލާމީ ހަމަތަކުގެ މަތިން ފަރުވާދެވިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭގޮތަށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބޭނުންކޮށްގެން ޕްރޮފެޝަނަލް އެހީތެރިކަމާއެކު ޤާއިމުކުރެވޭ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތަކެއް ތަރުތީބުކުރެވިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކުރެވިގެންދާނެ. އެގޮތުން ވެލިދޫގައި އެންމެ ޒަމާނީ ފެންވަރުގެ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމް ކުރާނަން"

ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Image

"ޓޫރިޒަމާގުޅޭ ބައެއް ދާއިރާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓް މިޔުޒީޝަނުންނާއި ބޭންޑްތައް، ރިޒޯޓްތަކުގެ ހައުސްކީޕިންގ އަދި ފްރަންޓް އޮފީސް، ހިޔުމަން ރިސޯސް ޑިޕާޓްމަންޓްގެ ވަޒީފާތައް އަދި ރިޒޯޓްތަކުގެ ޑިޕާޓްމަންޓް ހެޑުން ފެންވަރުގައި ދިވެހި މުވައްޒަފުން ހަމަޖައްސަން ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންދާނަން"

ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ، ފުރިހަމަ ބެއިލްގެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ޤާނޫނެއް ތަޢާރަފްކުރައްވާނެ ކަމަށެެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު