އެންމެ ތަފާތު ބޮޑުކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ މި ފަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ ނުވައެއް ސެޕްޓެމްބަރު ކަމަށާއި އެއީ ރައްޔިތުން ވެރިކަމާ ގުޅޭ ގޮތުން ގޮތް ނިންމަން އޮތް ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހެއްގެ ވޯޓުވެސް މުހިންމު ކަމަށެވެ. އެހެން އެކަން އޮތް އިރު ސީދާ އަމިއްލަ ފައިދާއަށްޓަކައި ރައީސް ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން އުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެބޭފުޅުން މަސައްކަތް ކުރައްވަނީ ކޯލިޝަނެއް ހަދައިގެން އަމިއްލަ ފައިދާއަށް ކަމަށާއި ރައްޔިތުން އެފުރުސަތު ނުދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
"ހަމައެކަނި ބޭނުންވަނީ އިންތިހާބު ދެވަނަ ބުރަކަށް ގެންދެވޭތޯ ބެލުން. ކޮންމެވެސް ބަޔަކާ އެކީ ކޯލިޝަން ހަދައިގެން ތިމަންނައަށް ލިބެން އޮތީ ކޮން އެއްޗެއްތޯ ބެލުން. ނަމަނަމަ އެ ފުރުސަތަު ނުދެއްވައްޗޭ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިކަން ނިންމާނީ އެއްބުރުން. އެއް ބުރުން. އިރާދަ ކުރެއްވިއްޔާ މި އިންތިހާބު ވެގެން ދާނެ އެންމެ ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރާ އަހަރަށް" ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މީގެ ކުރިން ވަނީ ފާރިސްގެ ކެމްޕެއިން އޮފީހުން ރައީސް ޞާލިހަށް ރައްދު ދެއްވާފައެވެ. ފާރިސްގެ ސްޕޯކްސް ޕާސަން ނާދިރާ ވިދާޅުވީ، ފާރިސް އިންތިޚާބަށް ކުރިމަލައްވަން ޖެހިވަޑައިގަތީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ދިއުމުން ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަކީ ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެއް ކަމަށާއި، ކެންޑިޑޭޓް ނަންބަރު 6 ފާރިސް މައުމޫން ކުރިމަތިލީ ޤަައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސް، ކޮރަޕްޝަނާއި ފަސާދަ އާއި މަޤާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާއިރު އެކަން ފާހަގަކުރުމުން ބީރު ކަންފަތެއް ދެއްވާ ފިޔަވަޅު އަޅާނެ ހިތްވަރެއް ރައީސުލްޖުމްހޫރިއްޔާގެ ނެތީމަ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަންޒަރު މުޅި މާލެއާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއިން ފެންނަމުންދާ އިރު އަތޮޅަކަށް ފަހު އަތޮޅެއް ސަރުކާރު ފަޅިއަށް ބުރަވަމުންދާތަން ފެންނަމުންދާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ 2018 ވަނަ އަހަރު އިންތިހާބަށް ބޯމަތިވެގެން އައިއިރު އޮތް ބިރަކީ ވާދަވެރި ކެނޑިޑޭޓެއް ކުރިމަތިނުލުމުގެ ބިރު ކަމަށެވެ. އަދި ވެރިކަމެއް ކޮށްފާނެހެން ހީވާ ކޮންމެ މީހަކު ހުރީ ޖަލަށް ލައި ބަންދުކޮށްފައި ކަމަށެވެ.
ޚިޔާލު ފާޅު ކުރުމާއި މިނިވަންކަމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫންކަމަށާއި، އެކަން އަޅުގަނޑުމެން މި ސާފުކޮށްދިނީ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ގެނައީ ވަރަށް ގިނަ ބައެއްގެ މަސައްތަކުން ކަމަށާއި، ނަތީޖާއަަކަށްވީ އޭރު އެކަމާ ދެކޮޅު ހެދި މީހުން ވެސް މިއަދު އެތިބީ ސިޔާސީ ޕާޓީ ހަދައިގެން ސިޔާސީ ރޭހަށް ނުކުމެ ވަޑައިގެން ކަމަށް ރައީސ2ް ޞާލިޙް ވިދާޅުވިއެވެ.
#ZamaanakunAiZamaaney https://t.co/TXcfBbzddZ
— UfaaveriAmaanRaajje (@ibu_2023) August 24, 2023
ކިޔުންތެރިންގެ ޚިޔާލުތައް:
އެހެންއެބުނަނީ މިފަހަރުވެސް ވަގުހަދަންވެގެން އެއްމެންވެސް.ބުނަނީ.ވަރަޒްމަދުމީހުނޫނީ.ދޭ.ީ މުއިއްޒަށޭ. އެކަމުމީމާމިބުނަނި.އެއްބުރުން ތިމަންނައޭ