އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބީ މަދު ލާރިކޮޅަކަށްޓަކައި: ޑރ. ވަޙީދު

އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ގައުމުން ބައެއް ވިއްކާލުންފަދަ ބޮޑެތި ހިޔާނާތް ގައުމުގެ ވެރިން ވަނީ މަދު ލާރިކޮޅަކަށްޓަކައި ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ.ކުޑަފަރީގައި ބޭއްވި ގައުމީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ

ރައީސް ވިދާޅުވީ ގައުމަށް އިސްކަންދޭ ބަޔަކު ވެރިކަމަށް އައުމުން ދެން ފައިސާ އަނބުރާ ދިނުމަށް މަޖުބޫރުކޮށް ދުއްތުރާ ކުރާނެ ކަމަށެވެ.

" އަޅުގަނޑަށް އެހާލަތާ ކުރިމަތިވީ . ވެރިކަމާ ހަވާލުވީއިރު ޖީއެމްއާރަށް އެއާޕޯޓުވަނީ ވިއްކާލާފައި. އެއާޕޯޓު އަތުލަން ބުނީމަ ބުނީ ލާރިކޮޅު ދޭށޭ. 100 މިލިއަން ޑޮލަރުދޭށޭ. 100 މިލިއަން ޑޮލަރު ދެވިއްޖެ އެކަމަކު ދެން ދޭންޖެހެނީ އެތައް ބިލިއަން ޑޮލަރެއް. އެހެންވީމަ ވިސްނަންވީ. "

ޑރ، ވަޙީދު ވިދާޅުވިއެވެ.

ނާގާބިލު ވެރިންކުރާ މިފަދަ ކަންކަމުން ދަރަނިވެރިވަނީ ރައްޔިތުން ކަމަށާއި، މިފަދައިން ކަންކުރާ ވެރިންނަށް ނޫނެކޭބުނެ މިފަހަރުގެ އެންމެ ގާބިލް ކެންޑިޑޭޓް ގާސިމަށް ވޯޓު ދެއްވުމަށް ރައީސް ޑރ. ވަހީދުވަނީ ގޮވާލާފައެވެ.

ރައީސް ވަހީދު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ސަރަހައްދީ ގައުމުތައް އިގްތިސާދީ ގޮތުން އިސްތިއުމާރުކޮށް އަޅުވެތިކުރަން މަސައްކަތްކުރާ ބައެއް ކަމުގައެވެ.

ރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމާ ފާޅުގައި ބެހި ގައުމީ ކަންކަމުގެ ތެރެއަށް ވަދެގަނެ ގޮތް ކިޔައިދީ އިންޑިއާއިން ދިވެހިން ނަށް ގޮންޖަހަމުންދާ ކަން ފާހަގަކުރެވެއެެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގިނަލާރިއަށް ވެސް ބައިނުތިއްބޭނެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާއިން މަނާކޮށްފައި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު