ޑރ. އަނާރާގެ ތާޢީދު މުޢިއްޒުއަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަނާރާ ނައީމް ނިންމަވައިފިއެވެ.

މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ އަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވިކަމަަށެވެ.

އަނާރާ ވަނީ އެންމެންގެ ވޯޓު މުއިއްޒަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރ 4″

އަނާރާ ވިދާޅުވިއެވެ.

އަނާރާއަކީ ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގައި ކުރިން އުޅުއްވި ބޭފުޅެކެވެ. ނަމަވެސް އެކަމަނާ ފަހުން ސިޔާސީ މައިދާނުން ފެނިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ