ރައީސް ޞާލިޙް ސަންގު ބަހުސްގެ ދައުވަތު އަދިވެސް ޤަބޫލު ނުކުރައްވާ

އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވާނެކަން އެހެން ހުރިހާ ކެންޑިޑޭޓުން އިޢުލާންކުރައްވާފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދިވެސް ދަޢުވަތު ޤަބޫލުކުރައްވާފައެއް ނުވެއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ދަޢުވަތު ދީފައިވަނީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ. ރައީސް ޞާލިހް ފިޔަވައި އެހެން ބޭފުޅުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެންގެވުމުން، ސަންގުން އަނެއްކާވެސް ރައީސް ޞާލިހަށް ދައުވަތު ދެއްވައި އިތުރު ސިޓީއެއް ރޭ ފޮނުއްވާފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ސަންގު ބަހުސްއަކީ ގިނަ ބަޔަކު ސަމާލުކަންދޭ ސިޔާސީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފައިވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

މި ބަހުސް ސަންގުޓީވީން ކުރިއަށް ގެންދަން ބޭނުން ވަނީ ރާއްޖޭގެ އެހެން ޓީވީ ސްޓޭޝަންތަކާއި ގުޅިގެން ކަމަށްވާތީ އެ ދަޢުވަތު ސަންގުޓީވީން ވަނީ ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ވެސް ފޮނުވާފައެވެ.

ރައީސް ޞާލިޙަކީ މީޑިޔާތަކާ ވަރަށް ގާތް ބޭފުޅެއްކަމަށް އަމިއްލަފުޅަށް ވިދާޅުވި ނަމަވެސް، ސަންގު ޓީވީގެ ބަހުސްގެ ދައުވަތު ރައީސް ޞާލިހް މިހާތަނަށް ޤަބޫލުކުރައްވާފައި ނުވާއިރު 2018 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަހުސްގެފެންވަރުނެތީތަ ނޫނީނޭގެނީތަ އެހެންވިއްޔާ ވެރިކަމާދުރުވާންވީނު. ވެރިކަމަޒްވެސް ތައުލީމީ މިންގަޑެއް ކަޑައަޅަންވީނު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު