ރައީސް ޞާލިހް ދަނީ ލަދެއް ނެތި، ރިޝްވަތުދެމުން: ރައީސް ނަޝީދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ރައީސް ޞާލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަަމަށާއި، އެ ކަންކުރައްވައިގެން ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާނެ މޮޅެއް ނޯންނާނެ ކަމަށެވެ.

"ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ، ވާނީ މަނިކުފާނު ފަޟީހަތް" ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން (ގިޓާ) އާއި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެމްޑީޕީ އަށް ސޮއި ކުރެއްވުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. މިދެބޭފުޅުންވެސް ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި ތިއްބެވުމަށްފަހު، އަނެއްކާ އެނބުރި އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ އިއްޔެއެވެ.

ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރެއިން މެންބަރެއް ކަމުން އަބަދުވެސް ސިޔާސީ ކަންކަމުގައި މިފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދުގެ އަރިހުގައެވެ.

މީގެ ކުރިން ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަނެއްކާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެއިރު ނަޝީދު ވިދާޅުވީ، ވަގުތީ ފައިދާގެ ދަޅައިގެ އަވާގައި ޒުވާން، އުމުރުގައި ބައެއް ބޭފުޅުން ޖެހިގެންދާކަމަށާއި، ކުޅުދުއްފުށި އެއްވެސް ރައްޔިތަކު އެ މީހުން ބަޔަކަށް ދޭ ތާއިދު އެއީ ވިޔަފާރީގެ މުއާމާލަތެއްގެ ގޮތުގައި ހަދާ އޭގެން ތިން އަހަރު ހަތަރު މީހަކަށް އެތައް މިލިއަން ރުފިޔާ ލިބޭނެ ގޮތަކަށް ކަންކަން ވެގެން ދާން ނޭދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު