7 ޑިސެންބަރު 2024
11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ދިދަ ވިހުރުވާލުމުގެ ޝަރަފް ދިމާ އާއި ފާއިހްއަށް، އައިއޯއައިޖީ ފަށައިފި

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރޭ ކުލަގަދަ ހަރަކާތްތަކާއެކު މަޑަގަސްކަރާގައި ފަށައިފިއެވެ.

IOIG 2023: Mauritius Hands Over Torch To Madagascar

ރޭގެ ފެށުމުގެ ރަސްމިއްޔާތު ރާއްޖޭގެ ދިދަ ވިހުރުވާލުމުގެ ޝަރަފް، 2019 ވަނަ އަހަރު އައިއޯއައިޖީގައި ރަން މެޑަލް ހޯދި އެއް ވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އާއި ރާއްޖޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އަށް ލިބިގެން ގޮސްފައިވެއެވެ.

ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަޑަގަސްކަރައިގެ މަހާމަސީނާ މުނިސިޕަލް ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމްގައި ރޭ ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި މަޑަގަސްކަރާގެ ސަގާފީ ކަންކަމާއި މަޑަގަސްކަރަ ރަމްޒުކޮށްދޭ އެކިއެކި ކަންކަން ދައްކުވައިދޭ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ. ހަމައެހެންމެ، ޑްރޯން އަދި ލޭސާ ޝޯ އެއްވެސް ވަނީ ބާއްވާފައެވެ. ތިންގަޑިއިރެއްހާއިރަށް ދެމިގެންދިޔަ މިރަސްމިއްޔާތަށް އެތައްހާސް ބަޔަކު ވަނެވެ.

Image

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

 

ރޭގެ ރަސްމިއްޔާތުގައި މަޑަގަސްކަރައިގެ ރައީސް އަންދްރޭ ރަޖޮއެލީނާގެ ދެކަނބަލުންނާއި އައިއޯއައިޖީ 2023 ގައި ވާދަކުރާ ގައުމުތަކުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާފައިވާއިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ އެކި ގައުމުތަކުގެ އިސް ޑެލިގޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު އަދި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހް އަހުމަދު (ތަމޫ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Image

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

 

ރޭގެ އިވެންޓަށް ފަހު ދަނޑު ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި 12 މީހުން މަރުވެ، 80 މީހުންނަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މަޑަގަސްކަރާގެ މީޑިއާ އިންނާއި ސަަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، ރާއްޖޭގެ އެއްވެސް އެތުލީޓަކަށް އަދި އޮފިޝަލަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

Image

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

 

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން ކުރިއަށްގެންދާ މި ގޭމްސްގައި ރާއްޖޭގެ އިތުރުން ފެންނަނީ މޮރިޝަސް، ކޮމޮރޮސް، މަޔޮޓޭ، ރިޔޫނިއަން، މަޑަގަސްކަރަ އަދި ސީޝެލްސް އެވެ. މި ފަހަރުގެ ގޭމްސްގައި، ޖުމްލަ 2000 އަށް ވުރެ ގިނަ އެތުލީޓުން 17 ކުޅިވަރެއްގައި ވާދަކުރާ އިރު، ރާއްޖެއިން ވާދަކުރަނީ ނުވަ ކުޅިވަރެއްގައެވެ.

އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ، ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަންގައި ރާއްޖެއިން ބައިވެރިވެއެވެ. ބީޗްވޮލީބޯޅަ އާއި ސާފިން ހިމެނިފައެއް ނުވެއެވެ. ބީޗު ވޮލީބޯޅައަކީ 2019 އަހަރު ރާއްޖެއަށް މެޑެލް ހޯދައިދިން ކުޅިވަރެކެެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ޖުމްލަ 172 އެތުލީޓުން ބައިވެރިވާ އިރު، ރާއްޖޭގެ އަމާޒަކީ، 2019 ވަނަ އަހަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު