ރިޔާސީ ބަހުސަށް ރައީސް ޞާލިޙް ފިއްލެވިކަން ރަސްމީކޮށް އަންގައިފި: ސަންގުޓީވީ

ސަންގު ޓީވީގެ ރިޔާސީ ބަހުސް ޕްރޮގުރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިނުގަންނަވާނެކަން އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު މުޙައްމަދު ނާޝިޒު އަންގަވައިފިއެވެ.

ސަންގު ބަހުސްއަކީ ގިނަ ބަޔަކު ސަމާލުކަންދޭ ސިޔާސީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފައިވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

މި ބަހުސް ސަންގުޓީވީން ކުރިއަށް ގެންދަން ބޭނުން ވަނީ ރާއްޖޭގެ އެހެން ޓީވީ ސްޓޭޝަންތަކާއި ގުޅިގެން ކަމަށްވާތީ އެ ދަޢުވަތު ސަންގުޓީވީން ވަނީ ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ވެސް ފޮނުވާފައެވެ.

ރައީސް ޞާލިޙަކީ މީޑިޔާތަކާ ވަރަށް ގާތް ބޭފުޅެއްކަމަށް އަމިއްލަފުޅަށް ވިދާޅުވި ނަމަވެސް، ސަންގު ޓީވީގެ ބަހުސްގެ ދައުވަތު ރައީސް ޞާލިހް މިހާތަނަށް ޤަބޫލުކުރައްވާފައި ނުވާއިރު 2018 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ