ޖޭޕީގެ ފަރަތުން ކުރި ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭނެކަމަށް ވިދާޅުވެ، "އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދު ވިދާޅުވެދެއްވާ؟" މިފަދަ މުހިއްމު ސުވާލުތަކެއްް ކުރީގެ ޓޫއަރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކެމްޕޭނު ޓީމު މިއަދު އދ. ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ވިދާޅުވެދެއްވާ! އެމްއެންޑީއެފްގެ ހެޑް ކުއާޓާއަށް ބޯޑު ޖަހައިގެން އެ ވަންނަނީ ކޮން ގައިމެއްގެ ކޮންބައެއްތޯ ވިދާޅުވެ ދެއްވާ! ހަނިމާދޫގައި ތިބީ ކިތައް ބޭރުގެ ސިފައިންތޯ ވިދާޅުވެދެއްވާ! ލ. އަތޮޅުގައި ތިބީ ކޮންބައެއްތޯ ވިދާޅުވެ ދެއްވާ! އައްޑޫ ސިޓީގައި ތިބީ ކޮންބައެއްތޯ ވިދާޅުވެ ދެއްވާ! އަދި މާލެ އަތޮޅުގައި އޮތް ސިފައިންގެ އުތުރުތިލަ ފަޅުގައި ތބީ ކިހާ މުއްދަތަކަށް ކޮން ބައެއްތޯ ވިދާޅުވެ ދެއްވާށޭ؟"
އަލީ ވަހީދު ސުވާލު ކުރެއްވިއެވެ.
މިމައްސަލައިގައި އިތުރަށް އަލީ ވަހީދު ވިދާޅުވީ ޖޭޕީގެ ފަރަތުން ކުރި ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭނެކަމަށެވެ.
ޤާސިމް ނެންގެވި މުހިންމު ނުކުތާތައް ކަމަށްވާ، ރާއްޖޭގެ މިނިވަންކަމާއި ގުޅޭގޮތުންނާއި، ރާއްޖޭގައި ބޭރު ސިފައިން ތިބުމާއި ގުޅޭ ގޮތުން، އަދި ރާއްޖޭގެ މުސަތަގުބަލާއި ގުޅޭގޮތުން މި ކެމްޕޭނުގައި ދެއްކި އެއްވެސް ވާހަކަައަކަށް ޖަވާބެއް ސަރުކާރުން ވެސް އަދި އެހެން ފަރާތަކުންވެސް ޖަވާބެއް ދެވިފައި ނުވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އެހެން ނަމަވެސް ހިތާމައަކީ، ދެއްކި ވާހަކައިގެ އޮއްޓަރެއް ބަރުދަނަކަށް ވަޒަން ކުރުމެއް ނެތި، ސަރުކާރުން ޚާއްސަކޮށް މަލާމަތް އިސްކުރުން، އެއީ ކަމެއް ނިންމުމުގެ ފެށުން"
އަލީ ވަހީދު ވިދާޅުވިއެވެ.
ރަށެއްގެ ނަން ނޭނގިގެން ނަން އަހާލުކަމީ މައްސަލައެއް ނޫން ކަމަށާއި އެއީ ގާސިމް އެކަން ކަމަށް ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކައް ހަމަ އެ އެކަނި ދެއްކުނު ވާހަކަތަކަކީ، ނުވަތަ ވަކިން ހާއްސަކޮށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކުރަމުން ދިޔަ ކަންކަމަކީ މަލާމަތް ކުރުން ކަމަށާއި، ޤާސިމް ހާމަކުރެއްވި ސިޔާސަތައް ސަރުކާރަށް ރައްދުނުދެވޭ ކަމަށެވެ.
އެހެންކަމުން އަރިއަތޮޅު ރައްޔިތުން ކައިރިން މިއެދެނީ ކޮންމެ އެއް ވޯޓެއް ފަސް ވޯޓަށް ހައްދަވައި ދެއްވުމަށް ކަމަށް އަލީ ވަހީދު އެދިވަޑައިގަތެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ނުޖެހޭނެ