Thursday, 18 April 2024

މިނިސްޓްރީއަށް ގޯތި ނުދެވޭނެ ކަމަށް ބުނަމުން ދަނިކޮށް، ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީންދެވޭ ގޮތް ހަދައިފި

މިނިސްޓްރީއަށް ގޯތި ނުދެވޭނެ ކަމަށް ބުނަމުން ދަނިކޮށް، ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީންދެވޭ ގޮތް ހަދައި، ކައުންސިލްގެ ބަދަލުގައި ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީއަށް ދެވޭ ގޮތަށް ގަވާއިދު އިސްލާޙްކޮށްފިއެވެ.

ގޯތީގެ ރަޖިސްޓްރީ ވެސް މީގެ ކުރިން ދޫކުރަމުން އައީ ސިޓީ ކައުންސިލުންނެވެ.

އެ އިސްލާހު ގެނެސްފައިވަނީ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ގަވައިދުގެ ދަށުންނެވެ.

ގަވާޢިދު އިސްލާޙުކޮށްފައިވާ ގޮތުން،  ގޯތީގެ ރަޖިސްޓްރީ ދޫކުރާ އިދާރާއަކީ ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުގައ،ި ނުވަތަ އެ ސިޓީއެއްގެ ބިންތަކުގެ ރަޖިސްޓަރީގެ ކަންކަން އެ އިރެއްގައި ބަލަހައްޓަމުން އަންނަ އިދާރާއެއްގައި، ނުވަތަ ސަރުކާރުން ވަކި ސަރަޙައްދެއް ތަރައްގީ ކުރަން ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާ އެކެވެ.

އެހެންކަމުން، ގަވައިދު އިސްލާހު ކުރިއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި ދޭން ނިންމައިފައެވެ.

އެކަމަކުމ އެ ގޯތިތައް ދެވޭނީ މާލޭ ސިޓީ ކައުންސިލްއަކަށް ކަމަށާއި ޕްލޭނިން މިނިސްޓްރީއަށް ގޯތި ނުދެވޭނެ ކަމަށް ސިޔާސީ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މިވާހަކަ އެންމެ ބޮޑަށް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ކުރީ ރައީސް މުޙައްމަދު ނަޝީދެވެ.

ސަރުކާރުން ތަރައްގީ ކުރުމުގެ ގޮތުން ގޯތި ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަޙައްދެއްނަމ،ަ އެފަދަ ސަރަހައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް، ގޯތި ލިބުނު ފަރާތަށް ދޫކުރެވިދާނެ ކަމަށް ވެސް އާ ގަވައިދުގައި ބުނެފައި ވެއެވެ.

މި ގަވާއިދުގައި ބުނާގޮތުގައި ކަނޑައެޅޭ ވަކި ހާލަތެއްގައި ގޯތީގެ ރަޖިސްޓްރީއެއް ބާތިލުކުރަންޖެހިއްޖެނަމަ، ބާތިލުކުރުމުގެ އިޚުތިޔާރު ލިބޭނީ އެރަޖިސްޓްރީއެއް ދޫކުރި އިދާރާއަކަށެވެ.

މިފަދަ ގަވާއިދެއް ނެރެފައި މިވަނީ، މާލޭގެ ރައްޔިތުނަށް ޚާއްސަކޮށް 9000 ބަންޑާރަ ގޯތި ދޫކުރުމުގެ ލިޔުން ސަރުކާރުން ހަވާލުކުރަން ތައްޔާރުވަމުންދަނިކޮށެވެ.

ކުރިން އޮތްގޮތުން ބިމުގެ ރަޖިސްޓްރީ ދެވޭނީ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ. ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު، މިހާރު ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށްވެސް ދެވޭނެއެވެ.

އެ ގަވައިދު އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އިއްޔެއިން ފެށިގެން އެ ގަވައިދަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *