ހުޅުމާލެއިން މީހަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، އުމުރުން 35 އަހަރުގެ މުޙައްމަދު ތަޢުފީޤެވެ.
ފުލުހުން ވިދާޅުވީ މުޙައްމަދު ތަޢުފީޤުގެ ޚަބަރެއްނުވެގެން އާއިލާއިން މިއަދު 01:35 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 ޖާހާ އެހާކަށްހާއިރު ކަމަށެވެ.
އަދި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅާ މަޢުލޫމާތު ހިއްސާ ކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.
— Maldives Police (@PoliceMv) August 26, 2023