އަންނަ ސެޕްޓެންބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް ވަޑައިގަތުމުން އަދާލަތު ޕާޓީގެ މެންބަރުން ނިކުމެ އެމަނިފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މުޢިއްްޒުއަކީ މީގެ ކުރިން އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވި މެންބަރެއް ކަމުން، އެމަނިކުފާނާ ދޭތެރޭ އަދާލަތު ޕާޓީގެ އާންމު މެންބަރުން ޚާއްޞަ ގުޅުމެއް އޮތްކަން މިއަދު މި ފެނުނު މަންޒަރުން ސިފަކުރެވެއެވެ. ހޯމް މިނިސްޓަރ އިމްރާން އިސްކޮށް ހުންނަވާ އަދާލަތު ޕާޓީން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ތާޢީދު ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. ނަމަވެސް، އަދާލަތު ޕާޓީގެ ޢާންމު މެންބަރުންތަކެއް އަދާލަތު ޕާޓީގެ ނިންމުމާ ދެކޮޅަށް، މިއަދު މިއަދު މުޢިއްޒުއަށް ތާޢީދުކޮށް، މަރުޙަބާ ދެންނެވުމަށް ނިކުމެ ތިބުވުމުން ވަރަށް ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބިގެން ހިނގައްޖެއެވެ.
އެއާޕޯޓަށް ވަންނަ ދޮރާ ދިމާގައި ތިއްބާ ފެނުނީ ފެހި ކުލައިގެ ޓީޝާޓް ލައިގެން ބަޔަކު ނުހަނު ޖޯޝުގައި ތިބި މަންޒަރެވެ. އެމީހުންނަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި ބައެއް ކަން އެނގިފައިވެއެވެ.
މުޢިއްޒަށް މަރުޙަބާ ދަންނަވަން ނުކުމެ ތިބި އަދާލަތު ޕާޓީގެ މެންބަރުންގެ ޝުޢޫރު ހުރިގޮތަށް ބަލާއިރު، އެމީހުން ބުނަނީ މިހާރު އަސްލު އަދާލަތު ޕާޓީއެއް ނެތް ކަމަށެވެ. އެ ޕާޓީ އޮތީ މިހާރު ދެބައިވެފައި ކަމަށާއި، އަދާލަތު ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބަޔަކު އެ ޕާޓީ ހިސޯރުކޮށްފައި ކަމަށް އެމީހުންގެ ވާހަކަތަކުން އެނގެއެވެ. މިސަބަބާހެދި، ފުވައްމުލަކުގެ އަދާލަތު ޕާޓީގެ މެމްބަރުން މުއިއްޒުގެ ފަހަތަށް އަރަން ނިންމީ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަދާލަތުގެ ގްރާސް ރޫޓުގައި ހިމެނޭ ޢާންމު މެންބަރުން އަދާލަތު ދެކެ ލޯބިވާ އަދި އަސްލު އަދާލަތު ޕާޓީގެ ސިޔާސަތު ދެކެ ލޯބިވާ މީހުން ތިބީ އެއް ކައިރީގައިކަމަށްވުމުން، މިފަހަރު ވަކި ހިސާބަކުން، ޑރ. މުއިއްޒާ އެކީގައި ކުރިއަށްދާން ނިންމީ ކަމަށް ބުނެ އެމީހުން ދިޔައީ ޝުޢޫރު ފާޅުކުރަމުންނެވެ.
މި މުހިއްމު ދަނޑިވަޅުގައި މިހާރު ތިބި ކެންޑިޑޭޓުންނަށް ބަލާއިރު މުއިއްޒު ފިޔަވައި ރަގަޅު ސިޔާސަތެއް އޮތް އެހެން ކެންޑިޑޭޓެއް ނެތްކަމަށްވެސް އެމީހުންގެ ވާހަކަތަކުން އެނގިފައިވެއެވެ.
އެމީހުން މުޢިއްޒުއަށް މަރުޙަބާ ކިޔުމަށް ނިކުމެ ތިބިއިރު، ބައެއް މީހުން ޑރ. މުއިއްޒުގެ ކެންޑިޑޭޓު ނަންބަރު ހިފައިގެން ތިބިއިރު، ޕީޕީއެމްގެ ދިދަ ހޫރަމުން ދިޔައެވެ.
އަދާލަތު ޕާޓީގެ އާންމު މެންބަރުން ބުނާ ގޮތުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރުމަކީ އަދާލަތު ޕާޓީގެ އާންމު މެންބަރުން ހިތްރުހޭ ކަމެއް ނޫނެވެ. އަދި ހަރުދަނާ އިސްލާމީވަންތަ ސިޔާސަތެއް ގެންގުޅުއްވަނީ މުއިއްޒު ކަމަށް އެމީހުން ބުނެއެވެ.
އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ދިޔައިރު އެނގިގެން ދިޔައީ، އެމީހުން ތިބީ ސާބިތުކަމާ އެކު މުއިއްޒުއާ އެކުގައި ކަމެވެ.
އަދާލަތު ޕާޓީގެ މެމްބަރުންތަކެއް މުއިއްޒަށް މިއަދު މަރުޙަބާ ކިޔާފައިވާއިރު، އަދާލަތު ޕާޓީގެ އިސް މަޤާމުތައް ފުރުއްވާފައިވާ، އަދާލަތު ޕާޓީގެ އިސް ސަފުގައި ކުރިން މަސައްކަތް ކުރެއްވި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޑރ. އަނާރާ ނައީމު ވަނީ މުޢިއްޒުއަށް ތާޢީދު ކުރައްވަން ނިންމަވާފައެވެ. އަދާލަތު ޕާޓީގެ ސިޔާސަތުތަކާމެދު ހިތްހަމަޖެހިވަޑައި ނުގެން މިދެބޭފުޅުންވެސް ވަނީ އަދާލަތު ޕާޓީން މީގެ ކުރިން ވަކިވެވަޑައިގެންފައެވެ.
އެހެންކަމުން، އަދާލަތު ޕާޓީ މިހާރު ހިނގަމުންދާ ގޮތާ ދޭތެރޭ އެޕާޓީގެ އާންމު މެންބަރުން ހިތްހަމަ ނުޖެހޭ ކަން އެބަ ދޭހަވެއެވެ. އަދި އެޕާޓީގެ މިސްރާބު ކަސިޔާރުވެ އިސްކޮށް ތިބި ބައެއްގެ އަމިއްލަ މަންފާއަށްޓަކައި ޕާޓީގެ އަސާސްތައް ދޫކޮށްލާފައިވާކަން ހާމަވެގެންދެއެވެ. އަދި އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި އެތައް ބަޔަކު އެ ޕާޓީއާ ފެއަށް ޖެހިވަޑައިގަތުމަކީ އެފާޓީގެ މުސްތަޤްބަލާ ދޭތެރޭ އިތުރަށް ވިސްނަންޖެހިފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ދެލޯފުޅާ އަދާލަތުގަ ކުރީގައުޅުނު ދެފުށްކެހެރި މީހެއް ތިޔައީ އޭނާއެކަނި
އޭނާއަތު ގަހުރި އަދާލަތުގެ ޓީސާޓްލަށްވާފަ ފޮޓޯނަގައިގެން އެތިބީ މަކަރުދަށްކަން މުޅިންފޭކު އަޅެގުޅާފސ އަހާބަލަ
އެތާގަ އަދާލސތުގެ ނަންއިލެކްސަނުގަތިބި ކިތަށްމީހުންތޯ ؟