Thursday, 18 April 2024

ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް އެމްޑީޕީއަށް!

ޖޭޕީ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ޑރ. މައުސޫމްއަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ދާދި ފަހުން އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

އަދި އޮގަސްޓް 6 ވަނަ ދުވަހު އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާން އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންނެވިއިރު ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޞާލިހެވެ.

މައުސޫމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ. ފަހަކަށް އައިސް މައުސޫމް ވަނީ ޖޭޕީގެ ހަރަކާތްތަކުން ވެސް ދުރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *