Friday, 11 October 2024

ރާއްޖޭގެ އުމްރާނީ ތަަރައްޤީގެ އެންމެ ވަރުގަދަ މޭސްތިރިއަކީ މުޢިއްޒު: ޑރ. ޝަހީމް

ވޭދުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަަރައްޤީގެ އެންމެ ވަރުގަދަ މޭސްތިރިއަކީ މުޢިއްޒު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްއިން ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ވޭދުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަަރައްޤީގެ އެންމެ ވަރުގަދަ މޭސްތިރިއަކީ މުޢިއްޒު ކަމަށް، ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، މުޢިއްޒާއިއެކުގައި ކެބިނެޓްގައި މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ މުޢިއްޒުހާ ހީވާގި މުރާލި ޢިލްމީ ބޭފުޅެއް ނުހުންނާނެ ކަމަށެވެ.

ޢިލްމަށް އިހްތިރާމް ކުރުމުގެ ގޮތުން މުއިއްޒު އަތުގައި ހިފަންޖެހޭ ކަމަށާއި، މުއިއްޒެއް ދިވެހި ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތު ކޮންޕްރޮމައިޒެއް ނުކުރައްވާނެ ކަމަށް ޑރ. ޝަހީމް ވދާޅުވިއެވެ.

އަދި ރާއްޖޭގެ ޤައުމީ ވެރިކަން އަލުން އިޔާދަކުރުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތަކީ މުޢިއްޒު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މި ވަގުތުގައި ރައްޔިތުން ހިލާފުތައް ހަނދާން ނައްތާލާފައި އަޅުގަނޑުމެން އެކަތިގަނޑަކަށްވެ، ގައުމީ ބަހާތައް ކުރިއެރުވުމަށްޓަކައި މިނިވަންކަން ނެގެހެއްޓުމަށްޓަކައި އަތުގުޅާލަން ޖެހޭ. ގައުމީ ވެރިކަން އަލުން އިޔާދަ ކުރުމަށް މަސައްކަތް ކުރާށޭ. އަޅުގަނޑުމެން މި ތިބީ އެންމެ ކުރީ ސަފުގައި. ރާއްޖެ ބަނޑަކަށް ނުޖެހޭނެ. އަރަބި ކަނޑުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަން ކުރާނަން. އަރަބި ގައުމުތައް، އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން."

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ވިލާތުން ޕީއެޗްޑީ ހައްދަވާފައި ޔާމީން އެންޑޯޒް ކުރެއްވުމުން ޗުކުޗުކު ލައްވަން ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގައި އޮތް އިސްލާމީ ހަޟާރަތާއި ގުޅޭ މުވައްސަސާތައް ޒަމާނާއެއްގޮތަށް ތަރައްގީ ކުރެވެން އެބަޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކަން ކުރުމުގެ ގާބިލްކަން ހުރި އިލްމީ ޒައާމަތެއް ގާއިމް ކޮށްގެން ކަމަށާއި، މުޢިއްޒު އިންތިހާބު ކުރުމުގެ މަސައްކަތް ފެށީ މުއިއްޒަކީ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅަކަށް ވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. މުއިއްޒަކީ ރާއްޖޭގެ ޒުވާން ޖީލުގެ ތެރެއިން ރައީސްގެ މަގާމަށް ކުރިމަތިލައްވާ އެންމެ ތައުލީމީ ފުރަތަމަ ޒުވާނާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ ދިވެހި ޒުވާނުން މުޢިއްޒުއާ އެކުގައި ތެދުވަން އެބަޖެހޭ ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ރަނގަޅުކަމެއް ވެފައި އޮތީ ޒަޢާމަތުގައި ޢިލްމީ ބޭފުޅުން ތިއްބަވައިގެން ކަމަށެވެ. އެހެންކަމުން މި ރިޔާސީ އިންތިޚާބުގައި ހުރިހާ ބޭފުޅުން ވެސް މުޢިއްޒަށް ވޯޓު ދެއްވުމަށް އެދިލެއްވެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު