ގދ.ގައްދޫ އެއާޕޯޓު ތަރައްގީކޮށް އެ ރަށުގައި ހޮސްޕިޓަލެއް ތަރައްގީކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ގދ.އަތޮޅު ގައްދުއަށް ޒިޔާރަތް ކުރައްވައި ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައިި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ހަދަން ފަށައި ނުނިމިހުރި ރިސޯޓްތަކުގެ މަސައްކަތް ހަލުވިކޮށް އިތުރު ރިސޯޓުތަކެއް ތަރައްގީކޮށް މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަކީ އިގްތިސާދީ ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
ގައްދޫގެ ރައްޔިތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ ސިއްހީ ދާއިރާއިން ހޮސްޕިޓަލެއްގެ މަސައްކަތް ކަމަށާއި އެ ހޮސްޕިޓަލްގެ މަސައްކަތް ހަގީގަތަކަށް ހަދައިދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މުޢިއްޒު ވިދާޅުވީގައްދޫގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް އިތުރަށް ފުރިހަމަކޮށް ތަރައްގީކޮށްދޭނެ ކަމަށެވެ.