ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުޙައްމަދު ތަޢުފީޤު މާލެއިން މިއަދު ވަނީ ފެނިފައި ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ ހއ. ބާރަށް / ސައިނިންގސްޓަރ، އުމުރުން 35 އަހަރުގެ މުޙައްމަދު ތަޢުފީޤެވެ.
އޭނާ ފެނުނު ކަން ހާމަކުރައްވާފައިވަނީ ފުލުހުން ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު ތަޢުފީޤު މާލެއިން މިއަދުވަނީ ފެނިފައި. ހާލު ރަނގަޅު https://t.co/aPiJooaVKr
— Maldives Police (@PoliceMv) August 27, 2023
ފުލުހުން ވިދާޅުވީ މުޙައްމަދު ތަޢުފީޤުގެ ޚަބަރެއްނުވެގެން އާއިލާއިން އިއްޔެ 01:35 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 ޖާހާ އެހާކަށްހާއިރު ކަމަށެވެ.
އަދި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ްއޭރު ވިދާޅުވިއެވެ.