11 ފެބުރުވަރީ 2026
ރިޔާސީ ކެމްޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި

ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމްޑީޕީން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައެެވެ.

މަރިޔާ ވިދާޅުވީ ޓީވީ ޗެނަލްތަކުން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޤައުމީ ޔުނިވާސިޓީން ބާއްވާ ބަސްހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ޔުނިވާސިޓީއަކީ ޢިލްމީ ބަހުސްތައް ހިނގާތަނެއްކަމަށާއި، އެފަދަ ކަންކަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މީޑިއާއަށް އަރައި އިޝްތިހާރުވެވަޑައިގަތުމަށް ރައީސް ބޭނުންފުޅު ނުވާކަމަށާއ މީޑިއާތަކުގެ ވަކިވަކި ބަހުސްއަށް އެރުއްވުމަށްވުރެ ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުންކަަމަށް މާރިޔާ ވިދާޅުވިއެވެ.

"ޔުނިވާސިޓީއަކީ ޢިލްމީ ބަހުސެއް ހިނގާނެ ތަނެއް. ޔުނިވާސިޓީތަކުގައި ޢިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއްނޫން."

މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

ޕީއެސްއެމާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން އިންތިޒާމްކުރާ ބަހުސްގައި އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް މިހާރު ވަނީ ދަޢުވަތު ޤަބޫލުފުޅު ކުރައްވާފައެވެ. ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ 21:00ގައި ޕީއެސްއެމްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު