އަވައްޓެރި ޤައުމުތަކުން ރާއްޖެއަށް ލޯނުތައް ދިންކަމުގައިވިޔަސް ވިސްނާނުުލާ ދަރަނި ނެގުމުން މިޤައުމު މިއޮތީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުގައި އއ.މާޅޮހަށް ވަޑައިގެން ގާސިމް ވިދާޅުވީ އަވައްޓެރި ޤައުމުތަކުން ލޯނު ދިން ކަމުގައިވިޔަސް ލޯނު ނަގަންވާނީ އަނބުރާ ދެއްކޭނެ ވަރަށް ކަމަށާއި ލޯނުތައް ނުދެއްކިއްޖެނަމަ ޤައުމަށް އޭގެ ގެއްލުން ލިބޭނެ ކަމަށެވެެ.
މިއަދު މިި ޤައުމު މިއޮތީ ބޮޑު ދަރަނީގެ އަނދަވަޅެއްގައި ކަމަށް ވިދާޅުވަމުން، ކުރީގެ ސަރުކާރުތަކުން ގިނަ އަދަދެއްގެ ދަރަނި ނަގާފައިވަނިކޮށް މިސަރުކާރުން އެކަނި އިތުރު 60 ބިލިޔަން ރުފިޔާ ނަގާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
"މިޤައުމު ބޮޑު ސިންގާ އަލިފާން އަދަވަޅަކަށް ދައުލަތަށް ވެއްޓޭތަން ފެނުުމުން އެކަމާ ކުޅަދާނަ ނުވެގެން މިނުކުތީ. ސަބަބަކީ ދައުލަތަށް ލިބޭހާ ލާރީގެ ދެބައިކުޅަ އެއްބައި މިދަނީ ކޮޮރަޕްޝަނަށް. ނަގާހާ ލޯނުގެ ދެބައިކުޅަ އެއްބައިދަނީ އެކަމަށް." ޤާސިމް ވިދާޅުވިއެވެ.
ދައުލަތުން ލޯނު ނަގައިގެންނާއި އެހެނިހެން ގޮޮތްގޮތުން ލިބޭ ފައިސާގެ ބޮޑު ބައެއް ޚަރަދުވެގެންދަނީ ކޮޮރަޕްޝަނަށް ކަމަށް ޤާސިމް ވިދާޅުވިއެެވެ.
ކުޑައަގުގައި ހިންގެން އޮންނަ މަޝްރޫޢުވެސް ދެގުނަ ޚަރަދު ބޮޑުކޮށް މިސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރައްވާފައިވާއިރު، ރަށްރަށުގެ ބަނދަރު ހެދުމަށްވެސް ބޭކާރު އެތައް ޚަރަދެއް ކުރަމުންދާ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.