ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓައިފިއެެވެ.
ކަސްޓަމްސް އިން ވިދާޅުވީ، މި މަސްތުވާތަކެއްޗަކީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

މިމަހު 21 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް މެލޭޝިޔާއިން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތިއިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އެއީ މަސްތުވަތަކެތި ކަމަށް އެނގުނު ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެެވެ.
ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ފައްސި ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1628 ގުރާމް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

މިތަކެތީގެ މަގުމަތީ އަގު 2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށް އެމަސްތުވާތަކެތި މިހާރު ފުލުހުނނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު