އައިއޯއައިޖީ 2023: ރާއްޖޭގެ ޓީޓީ ފިރިހެން ޓީމު ތާރީޚީ ރިހި މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް ފިރިހެން ޓީމު އިވެންޓުގެ ފައިނަލުގައި މަޑަގަސްކަރަ އަތުން ބަލިވި ނަމަވެސް، ރާއްޖޭގެ ފިރިހެން ޓީމު ތާރީޚީ ރިހި މެޑަލް ހޯދައިފިއެވެ.

Image

އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލުގައި ރާއްޖެ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ގޭމަށް ނުކުމެ މުހައްމަދު ޝައްފާން އިސްމާއިލް ވަނީ މަޑަގަސްކަރައިގެ ރަންޑްރިއަނަންޓޯންޓަންޑްރޯ މަހެފް 3-2 ސެޓުން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު މަހެފް ގެންދިޔައީ 11-6 އިންނެވެ. ދެސެޓު ޝައްފާން ގެންދިޔައީ 11-5 އަދި 11-2 ގެ ނަތީޖާއަކުންނެވެ.

އަނެއްކާވެސް މެޗުގެ ތިންވަނަ ސެޓު ގެންދިޔައީ މެހެފެވެ. އޭނާ އެ ސެޓު 11-9 އިން ކާމިޔާބުކުރިއެެވެ. ފަހު ސެޓު ޝައްފާން 11-6 އިން ކާމިޔާބު ކުރިއެވެ.

މެޗުގެ ދެވަނަ ގޭމަށް މޫސާ މުންސިފް އަހުމަދު ނުކުތީ މަޑަގަސްކަރަ ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނަޓިވެލް ޖޮނަތަންއާ ދެކޮޅަށެވެ. އެ މެޗު ޖޮނަތަން ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައެވެ.

މެޗުގެ ތިންވަނަ ގޭމަށް ރާއްޖޭގެ އަހްޔަރު އަހުމަދު ހާލިދު ނުކުމެ ރަޒަފިންޑްރަލަމްބޯ ޒޮ ނަންދާ ކައިރިން ރަނގަޅަށް މެޗު ފެށިއެވެ. އަހްޔަރު ފުރަތަމަ ސެޓު ކާމިޔާބު ކުރިއެވެ. ދެން ޖެހިގެން އައި ދެ ސެޓު ގެންދިޔައީ ނަންދާއެވެ.

ރާއްޖެއަށް ފައިނަލުގައި އުންމީދު އާކޮށްދިނީވެސް ފުރަތަމަ ގޭމް ގެންދިޔަ ޝައްފާނެވެ. ހަތަރުވަނަ ގޭމަށް ނުކުމެ ޝައްފާން ވަނީ މަޑަގަސްކަރައިގެ މޮޅު ކުޅުންތެރިޔާ ޖޮނަތަން ބަލިކޮށްފައެވެ. 3-2 ގެ ނަތީޖާއަކުން ޝައްފާން މޮޅުވިއެވެ.

މެޗުގެ ޑިސައިޑިން ގޭމްގައި މަޑަގަސްކަރައިގެ މަހެފް އާ ދެކޮޅަށް މުންސިފް ނުކުމެ ފުރަތަމަ ސެޓު 13-11 އިން ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ތިން ސެޓު މެހެފް ކާމިޔާބުކުރިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ