Saturday, 25 May 2024
ޓައެކްވަންޑޯއިން ރާއްޖެއަށް މެޑެލް ހޯދައިދިން ކުޅުންތެރިން، ފޮޓޯ: އެމްއޯސީ

އައިއޯއައިޖީ 2023: ޓައެކްވަންޑޯއިން ރާއްޖެއަށް ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް

ދިވެހިރާއްޖޭގެ ތާރީޚުގައި، ޓައެކްވަންޑޯއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ފުރަތަމަ ފަހަރަށް ވާދަކޮށް، ރާއްޖެއަށް ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ހޯދައިފިއެވެ.

ޓައެކްވަންޑޯގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ 87 ކިލޯއިން ދަށުގެ ފިރިހެން ބައިން އަހުމަދު ފަޒީލާއި 52 ކިލޯއިން ދަށުގެ އަންހެން ބައިން ފާތިމަތު އިބްރާހީމެވެ. މި ދެ އެތުލީޓުންވެސް ފައިނަލުގައި މަޑަގަސްކަރައިގެ ދެ އެތުލީޓުންނާ ވާދަކޮށް ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Image

ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައިވަނީ 62 ކިލޯއިން ދަށުގެ އަންހެން ބައިން ފާތިމަތު އިބްރާހީމާއި 46 ކިލޯއިން ދަށުގެ އަންހެން ބައިން ޖަންނަތު ޖަވާދުއެވެ.

Image

މިއަހަރުގެ މުބާރާތުގައި ޓައެކްވަންޑޯގެ އިތުރުން، މިހާތަނަށް ރާއްޖެއިން މެޑަލް ހޯދާފައިވަނީ ޓޭބަލް ޓެނިސް ޓީމުންނެވެ. އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއުކޮށް، ފިރިހެން ޓީމުން ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދާފައެވެ.
Image

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *