ޑިމޮކްޓްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންގމޭޓް ޙުސައިން އަމްރު 2023 ގެ ކެމްޕެއިނަށް ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ޑިމޮކްރެޓްސް

ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ހުއްޓުވާނަން: އިލްޔާސް ލަބީބު

ބިދޭސީން ރާއްޖޭގައި ހިންގާ ވަގު ވިޔަފާރިތައް ހުއްޓުވަން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރޭ އެ ޕާޓީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރަން ތިބޭ ފަރާތްތަކުގެ ތެރެއިން ޚާއްސަކޮށް ކުދި އަދި މެދު ވިޔަފާރިތައް ކުރަން ތިބޭ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުރި ކަމަށާއި، އެ މީހުން ކުރާ ވިޔަފާރިތައް ކުރާ ބޭރު މީހުންވެސް ތިބިކަމަށެވެ.

ނާޖާއިޒު ގޮތްގޮތުންނާއި ދިވެހީންނަށް ރިޝްވަތު ދީގެން އެ ބިދޭސީން ކުރާ ވިޔަފާރިތައް ދިވެހީންނަށްވެސް އެނގޭ ކަމަށް ފާހަގަކުރައްވަމުން، އޭގެ ގެއްލުން ލިބެނީ ވެސް ހަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެ މީހުން ރަސްމީކޮށް ރާއްޖޭގައި ވިޔަފާރިއެއްކޮށް އިގުތިސާދެއް ބިނާކުރުމަށް އެ މީހުން އެކުރާ މަސައްކަތް ފުނޑި އަދި ހަލާކުވެ ނިމިގެން އެދަނީ. އަޅުގަނޑު މި އަންނަނީ އެހެން ވަގު ވިޔަފާރި ކުރާ ހުރިހާ އެންމެންގެ ވަގު ވިޔަފާރިތައް ހުއްޓުވަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ހުއްޓުވާނަން" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޭނުންވަނީ ފައިސާއާއި ވަސީލަތްތައް ކަމަށާއި އަދި އެ މީހުންނަށް ހުރި ހުރަސްތައް ވެސް ނައްތާލަން ޖެހޭ ކަމަށާއި ޕްރޮޕޯސަލެއް 15 ދުވަސް ތެރޭގައި އަޅުގަނޑުމެން ފައިސާއާއި ވަސީލަތްތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެ،  އިތުރު އިކުއިޓީއެއް ރަހުނުކުރާކަށް އެއްޗެއް ނުނަގައި،  ވިޔަފާރި ކޮޅަށް ޖަހަން ލޯނު ހަމަޖައްސަދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު