އަސާސީ ޚިދުމަތްތަކުގެ އަގު ހުރީ އަތްނުފޯރާ ހިސާބުގައި: ޤާސިމް

ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު މިހާރު ހުރީ އަތްނުފޯރާ ހިސާބުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް  ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަރިއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އއ. މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޤާސިމް ވިދާޅުވީ، ޤައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އެންމެ އަސާސީ ޚިދުމަތްތަކުގެ އަގު ރައްޔިތުން އަތްނުފޯރާ މިންވަރަށް އުފުލިފައިވާ ކަމަށާއި، އިޤްތިޞާދު ހީނަރުވެ ދަރަނި ބޮޑުވެ ޤައުމު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.

މިއީ ރައްޔިތުން ތެދުވެ މި އަނދަވަޅުން އަރައިގަތުމަށް މަސައްކަތް ފަށަންޖެހޭ ދަނޑިވަޅު ކަމަށާއި އެކަން ކާމިޔާބުވާން އޮތީ އިޚްލާސްތެރި ވެރިއެއްގެ އަތުގައި ހިފައިގެން ކަމަށް ފާހަގަކުރައްވަމުން، މިސަރުކާރުން ޞިއްޙީ މުވައްޒަފުންގެ މުސާރަ ބޮޑުކުރިގޮތުން ބަޔަކު ހީހީ ބަލިވާނެ ކަމަށާއި، ބޮޑުމުސާރަ ލިބޭ މަގާމުތައް ކަމަށް ބުނި މަގާމުތަކުގައި މީހަކުނެތް ކަމަށާއި، ވެރިކަން ކުރުމުގެ ފާލުން ނެއްޓި ހޫރެންފެށީމާ އަނގުރުއަލިފާނަށް ވެއްޓެންދެން ބަލަން ނުތިބެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ރައްޔިތުންނަށް ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި އޭގެއިތުރުން ކޮންމެ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން އެދޭ އެންމެ މުހިންމު ފަސް ކަމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.

ސިއްހީ ޚިދުމަތްރެރިންގެ މުސާރަ ބޮޑުކުރި ގޮތަށް ފާޑުވިދާޅުވިއިރު، އިންތިޚާބާ ދިމާކޮށް އެކަންކުރުމުން ރައްޔިތުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙަކީ "ރަނުންރަނަށް" ވައުދު ފުއްދަވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު