މުއިއްޒު އަލިފުއްޓަށް ވަޑައިގަތީ ބޯވާރޭގައި، އެކަމަކު ކީ ހޫނު މަރުޙަބާއެއް

ރ. އަލިފުއްޓަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން ވަގުތު ބޯކޮށް ވާރޭވެހެމުން ދިޔައެވެ.

މަރުޙަބާ ކިޔަން ނިކުތް އެންމެންވެސް ވަނީ ވަރެއާ ތެމި ފޯވެފައެވެ. ބައެއް މީހުން ތިބީ ހީކަރުވައިގަނެގެން ހަލާކުވާ ވަރުވެފައެވެ.

މޫސޫން ގޯސްވުމުގެ ސަބަބުން، މުޢިއްޒުއަށް އެ ރަށަށް ވަޑައިގެންނެވުނީ، ކަނޑައަަޅާފައިވާ ވަގުތަށްވުރެ ލަހުންނެވެ.

އެހެންނަމަވެސް، ވަރެއާ ތެމި ފޯވެގެންތިބި، ޕީޕީއެމްގެ ސަޕޯޓަރުންގެ ތިބީ އާދަޔާ ޚިލާފު ހިތްވަރަކާއި ޖޯޝެއްގައެވެ، އެމީހުން ތިބީ ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް، މުއިއްޒަށް މަރުހަބާ ދެެންނެވުމަށް މަޑުކޮށްގެންނެވެ.

އެމީހުން ބުނަމުން ދިޔައީ މުއިއްޒަކީ ދިވެހިންގެ ކެންޑިޑޭޓު ކަމަށާއި، މިވަރުގެ ލީޑަރަކަށް މަރުހަބާ ކިޔާފައި ނޫނީ ގެއަށް ނުދާނެ ކަމަށެވެ.

މުޢިއްޒު ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅަށް ކުރައްވާ ދަތުރު މިއަދު އަލިފުށިން ފައްޓަވާފައިވާއިރު،  ޕީޕީއެމްގެ ސަޕޯޓު ބޮޑު ރަށްތައް ކަމަށްވާ ރ. މަޑުއްވަރީ، ރ. މީދޫ، ޅ. ނައިފަރު ފަދަ ރަށްތައް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ރަށަކުން ވެސް އަންހެނުންގެ ފަރާތުން ފެންނަނީ ޚާއްޞަ ޖޯޝަކާއި ފޯރިއެކެވެ. އަލިފުށިން ވެސް ފެނުނީ ހަމަ އެ މަންޒަރެވެ.

Image

އަލިފުށީގެ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ، ބޯކޮށް ވާރޭ ވެހެމުން ދިޔަ ގަޑީގައި ތެމިފޯވެގެން ރައްޔިތުން ކީ މަރުހަބާއަށް ޝުކުުރުއަދާކުރައްވައި، އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މިރަށުގެ އެއާޕޯޓް ހުއްޓާލާނެ ވާހަކަ ފަދަ އެތައް ވާހަކައެއް ރެއާއި ދުވާލު އިވެމުންދާ ކަމަށެވެ.

Image

"މިކަހަލަ އެތައް ވާހަކައެއް ރެއާ ދުވާލު އިވެނީ، ކޮންމެ ރަށަކުންވެސް، އެރަށުގައި ފަށާފައި ހުރި މަޝްރޫއު އަޅުގަނޑުމެން އައިސިއްޔާ ހުއްޓާލާނެއޭ ކިޔާ ރައްޔިތުން ހިތައް ބިރު ވައްދަމުން ދަނީ."

މުޢިއްޒު ވިދާޅުވިއެވެ.

Image

މުއިއްޒު ވިދާޅުވީ، އެމްޑީޕީއަށް ވުރެ ބޮޑަށް މިރަށުގެ އެއާޕޯޓް މަޝްރޫއަކީ އިދިކޮޅު ކޯލިޝަނުން ކޮށްދޭން ބޭނުންވާ ކަމެއް ކަމަށާއި، މިހާރަށްވުރެ ފުރިހަމަކޮށް މިހާރަށްވުރެ ބާރަށް އެއާޕޯޓްގެ މަޝްރޫއު ކުރިއަށް ގެންގޮސް އެ މަޝްރޫއު ނިންމަދޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ