އައިއޯއައިޖީ 2023: ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމަށްވެސް ބްރޯންޒް

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުންވެސް ބްރޯންޒް މެޑަލް ހޯދައިފިއެވެ.

މިއީ އައިއޯއައިޖީގައި ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވުމުން، މިއީ ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ލިބުނު ތާރީހީ ކާމިޔާބެކެވެ.

Image

ތުރީ އޮން ތުރީ އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ ހިމެނިފައިވާއިރު، ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.

ރާއްޖޭގެ އަންހެން ތުރީ އޮން ތުރީ ޓީމުން ސެމީ ފައިނަލުގައި ރީޔޫނިއަން އަތުން ވަނީ 06-18 އިން ބަލިވެފަ އެވެ.

Image

ތިން ވަނަ ހޮވާ މެޗުގައި އަންހެން ޓީމު ކުޅެން ޖެހުނީ މަޔޯޓްއާ އެވެ. އެ ޓީމު އަތުން ފަހު ވަގުތާ ހަމައަށް ޖެހެންދެން ހިތްވަރުކޮށްގެން މޮޅުވެފައިވަނީ 19-15 އިންނެވެ.

ފިރިހެން ޓީމުން މިއަދު ވަނީ ފުރަތަމަ ކުޅުނު ކުއާޓާ ފައިނަލް މެޗުން 20-18 އިން ރީޔޫނިއަން އަތުން މޮޅުވެފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި މަޔޯޓް އަތުން 21-16 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، 14-13 އިން މޮރިޝަސް އަތުން މޮޅުވެ، ރިހި މެޑަލް ހާސިލްކުރއެވެ. ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ޓީމުން ވަނީ ޒަކިއްޓެ އާއި ހުވޭގެ ތަޖުރިބާގެ ބޭނުންހިފައި، މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ.

Image

ރާއްޖެއަށް ކުޅުންތެރިން ފަޚުރުވެރި ކާމިޔާބެއް ހޯދައިދެމުންދާއިރު، ރާއްޖޭން މިހާތަނަށް ވަނީ މި ފަހަރުގެ އައިއޯއައިޖީގައި 13 މެޑަލް ޔަގީންކޮށްފަ އެވެ. އެއީ ޓައެކްވަންޑޯ އިން ހޯދި ދެ ރިހި މެޑަލާއި ތިން ލޯ މެޑަލް، ޓޭބަލް ޓެނިހުން ހޯދި ދެ ރަން މެޑަލާއި އެއް ރިހި މެޑަލް އަދި ލޯ މެޑަލް، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ އިިން ހޯދި ދެ ލޯ މެޑަލްގެ އިތުރުން އަންހެން ބެޑްމިންޓަން ޓީމު ހޯދި ރިހި މެެޑަލާއި މާދަމާ ފިރިހެން ބެޑްމިންޓަން ޓީމުން ފައިނަލުގައި ކުޅެގެން ލިބޭ މެޑަލް ކަން ފާހަަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު