Saturday, 13 April 2024

ތައުލީމެއްނެތޭ ބުންޏެއްކަމަކު، އޮނަރަރީ ޕީއެޗްޑީއެއް އެބައޮތް: ޤާސިމް

ޤާސިމުގެ ކިބައިގައި ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ރައްދުދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދޅުވެފައިވަނީ، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ،  ބައެއް މީހުން ތައުލީމެއްނެތޭ ބުންޏެއްކަމަކު އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވާ ކަމަށެވެ. އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވަނީ ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ކިބައިގައި ތަޢުލީމީ ޤާބިލުކަން ހުރިކަމަށް އެ ވިދާޅުވަނީ، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވޯލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެމަނިކުފާނަށް އަރުވާފައިވާތީއާއި، މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެއްޓެވީމަ ކަމަށް ބެލެވެއެވެ..

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގާސިމް އަތުގައި،ހުރިހާ ވައްތަރެއްގެ ޕީއެޗުޑީ ވެސް އޮވެދާނޭކަމަށް ގަބޫލުކުރެވޭ،!! ސަބަބަކީ ބޭރު ގައުމުތަކުން 5000ޑޮލަރު ދިނީމާ ސެޓުފިކެޓު ލިބޭ! ހާސްކަޑާލާ، ފައްކަޑާލަން��� ޔަގީނުން އެފެންވަރަށް ކިޔަވައިގެން ޕީއެޗުޑީއެއްނުލިބޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *