Tuesday, 18 June 2024

ސޫރިޔާގައި އަސަދުގެ ސަރުކާރާ ދެކޮޅަށް އަނެއްކާވެސް މުޒާހަރާތައް

ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ދެކުނުގައި މުޒާހަރާކުރަން ފަށައިފިއެވެ. މި މުޒާހަރާތައް ފެށީ ސޫރިޔާގެ ސަރުކާރުން ދެމުންދިޔަ ތެލުގެ ސަބްސިޑީ ކަނޑައިލުމާ ގުޅިގެން ހިތްހަމަނުޖެހި ކަމަށް ޚަބަރު ލިބެއެވެ. އަސަދުގެ ސަރުކާރުގެ އެ ނިންމުމާ އެކު އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މީގެ 12 އަހަރު ކުރިން ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން އެތަކެއް މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ ނިކަމެތި ހާލުގައެވެ. އެ މީހުންގެ ގެދޮރު ސުންނާފަތިވެ، ގިނަ މީހުން ދިރިއުޅެމުން ދަނީ ވަގުތީ ހިޔާވަހިކަމުގައެވެ.

ދަރްއާ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ބަޞްރާ އަލް-ޝާމްގައި ސަރުކާރާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު އަޑުއުފުލައި މުޒާހަރާ ކުރަމުންދާއިރު، އެ މީހުން ދަނީ އަސަދުގެ އިސްތިޢުފާއަށް ވެސް ގޮވައިލަމުންނެވެ.

2011 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ރޫޅައިލަން އަސަދުގެ ސަރުކާރުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި، އެއާއެކު ސޫރިޔާގައި ދާޚިލީ ހަމަނުޖެހުމެއް ފެށި ބޮޑު ހަނގުރާމައަށް ބަދަލުވެގެން ދިޔައެވެ. މި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު 500,000 އަށްވުރެ އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މުޒާހަރާތައް އިންތިޒާމު ކުރަމުންދާ ދަރްއާ މާޓިޔަރޒް ޑޮކިޔުމެންޓޭޝަން އޮފީހުން ބުނީ ބަޞްރާ އަލް-ޝާމްގެ އިތުރުން އެހެން އަށް ރަށެއްގައި ވެސް މި ފަދަ މުޒާހަރާތައް ފަށާފައިވާ ކަމުގައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަށް އައިސް، އަސަދުގެ ސަރުކާރުގެ ބާރުގެ ދަށަށް ދަރްއާ ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެކަމަކު، އެ ރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު