Thursday, 18 April 2024

ސަރުކާރުގެ ނުފޫޒުގައި ޖެހި، ދައުލަތުގެ މީޑިޔާގެ ރިޔާސީ ބަހުސް ކެންސަލް

ސަރުކާރުގެ ނުފޫޒުގައި ޖެހި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ބައިވެރި ނުވެވޭތީ ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.

ރިޔާސީ ބަހުސް ބޭއްވުމަށް 8 ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ޤަބޫލުކޮށް ޕީއެސްއެމްއަށް އެންގުމުން ދައުލަތުގެ މީޑިއާއިން ބަހުސްއަށް ވާންޖެހޭ ތައްޔާރީތައް ވީނަމަވެސް މިއަދު ކުއްލިއަކަށް ރައީސް ޞާލިހުގެ ތަރުޖަމާން މިއުވާންއާ ޙަވާލާދީ މީޑިޔާގައި ރިޕޯޓްކޮށްފައިވަނީ، އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސް ކުރަން އެދިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން، ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ނެރުއްވި ބަޔާނެއްގައި ވަނީ، ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރި ނުވެވޭނަމަ، ބަހުސް ކުރިއަށް ގެންދިއުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށާއި، އަދި ބަހުސްގެ ތާރީހު ބަދަލު ކުރުމަކީ ކެމްޕޭންތަކަށް ހުރަސް އެޅޭނެ ކަމަކަށްވުމުން ބަހުސް ނުބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

އެކަމަކު، ސަންގު ޓީވީން ކުރިއަށް ގެންދާ ބަހުސްގައި ޕާޓްނާ ވެގެން ބަހުސް ކުރިއަށް ގެންދިއުމުގެ އެއްބާރުލުން ދޭކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް މީގެ ދެދުވަސް ކުރިން އެމްޑީޕީން ހާމަކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު:

ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *