ސޯޝަލް މީޑިޔާގައި ޑރ. މުޙައްމަދު އިޔާޒަށް ޓެކްކޮށް ޕޯސްޓުކުރި ފޮޓޯގަނޑު ޑރ. މުޙައްމަދު އިޔާޒަށް ކަމަކު ނުދިޔައެވެ. އެ ފޮޓޯގައި ފެންނަނީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއިން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު މުޢިއްޒު އިމާމުވެ ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ.
އެގޮތުން އޭނާ ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށެވެ.
ޑރ. އިޔާޒު އިތުރަށް ވިދާޅުވީ، އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުމުގެ ހުންގާނު ޙަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިޚާބެއް ކަމަށާއި، ނަމާދުގެ އިމާމްގެ ކިބައިގައި ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް ކަމަކަށެވެ.
ޤައުމުގެ ހުންގާނު ޙަވާލުކުރަންވާނީ ތިމާ އާއި ޚިޔާލުތަފާތުވާ މީހުންވެސް އެކަހެރިނުކޮށް ގޮވައިގެން އުޅެން ދަންނަފަދަ ބޭފުޅެއް ކަމަށާއި، މިގޮތުން ބަލާއިރު މިކަމަށް އެންމެ ޤާބިލް ބޭފުޅެއްކަމުގައި ފެންނަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ.
2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން. އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުމުގެ ހުންގާނު ޙަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ… https://t.co/brhZzWslds
— Dr.Mohamed Iyaz (@dr_iyaz) August 29, 2023
މިކަމާ ގުޅިގެން އޭގެ ވަގުތުކޮޅެއް ފަހުން އަނެއްކާވަނީ އެހެން ޓްވީޓެއް އޭނާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިމާމްވެ ނަމާދު ކުރަން ޖެހޭނީ އެޖަމާޢަތަކަށް ޙާޟިރުވެހުރި އެންމެ ބޮޑަށް ޤުރްއާން ހިތުދަސް، އަދި ނަމާދުގެ ފިޤްހީ މައްސަލަތައް އެންމެ ބޮޑަށް ދަންނަމީހަކު ކަމަށާއި، އެއީ ވަކި ދުވަސްވަރެއްގައި ފޮޓޯ ނަގަން ކުރާކަމަކަށް ވެގެން ނުވާނެ ކަމަށާއި، ނޫންނަމަ މާޢޫން ސޫރަތުގައި އެވާ ވަޢީދުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމަށެވެ.
އިމާމްވެ ނަމާދު ކުރަން ޖެހޭނީ އެޖަމާޢަތަކަށް ޙާޟިރުވެހުރި އެންމެ ބޮޑަށް ޤުރްއާން ހިތުދަސް، އަދި ނަމާދުގެ ފިޤްހީ މައްސަލަތައް އެންމެ ބޮޑަށް ދަންނަމީހަކު. އެއީ ވަކި ދުވަސްވަރެއްގައި ފޮޓޯ ނަގަން ކުރާކަމަކަށް ވެގެން ނުވާނެ. ނޫންނަމަ މާޢޫން ސޫރަތުގައި އެވާ ވަޢީދުގެ ތެރެއަށް ވަދެގެން…
— Dr.Mohamed Iyaz (@dr_iyaz) August 29, 2023
ޑރ. އިޔާޒަކީ އަދާލަތު ޕާޓީގެ އެކްޓިވެސްޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ބަސްފުޅު ވިދާޅުވެ، ވަރަށް ގިނަ ބޭފުޅުންނާ ޖަދަލުކުރައްވަމުން ގެންދަވާ ބޭފުޅެކެެވެ. މިހާރަކަށް އައިސް ޑރ. އިޔާޒު ދީނީ ކަންކަމުގައި ބަސްފުޅު ވިދާޅުވަމުން ގެންދަވަނީ ވަކި އަތަކަށް ޖެހިގެން، ރައީސް ޞާލިޙް ޕްރޮމޯޓްކުރަންކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ނަމާދުކުރާ ފޮޓޯ ނުލިޔަކަސް ވޒޮޓުދޭމީހިން ދޭނެ.
އަބޫ ޖަހުލަށް ހަޖަމު ނުވާ ފޮޓޯ އަބޫ ޖަހުލަށް ވެސް ހަޖަމެއް ނުވާނެ!
2018 ގެ އިންތިޚާބް ދުވަސްވަރު ކަލޭމެން އިބޫގެ ފޮޓޯތައް ވައިރަލްކުރީ ކީއްވެބާ އިމާމް ވެ ނަމާދު ކުރަން ވެސް ނޭނގޭ މީހެއް ފެންއިސްކުރުބަރި ހުރި މިސްކިތެއްގަ ދާނިން ވުޟޫކުރުވައިގެން ކަން ދައްކަން ކިހާ ކަމެއް ކުރިބާ ދާނިން ވުޟޫކުރި އިރު އޮޅަބޮށީގަ ފެންވެސް ނުޖެހޭ. ކެނެރީގޭ ނަޝީދެކޭ އެއްހަމައަށް ވެއްޓުނީހެން ހީވަނީ. ކުރިން ދެއްކި ވާހަކަތައް ހަނދާން ނެތުނީތޯ. ޢިސްލާމީ ގައުމުގެ ވަލިއްޔުލް އަމްރަކަށް ވާންވާނީ ދީން ދަންނަ ތަންދޮރު ފިލާފަ ހުރި މީހެއްކަމަށް ބުނަމުން އައި ވާހަކަތައް.
ޑޮކްޓަރ ޢިޔާޟް އެބުނި އެތި ފިޔަ އޮންކައިކަށްވެސް ޙަޖަމެއް ނުވިއެއްނު
މިއަހަރުބާއްވާ ރިޔާސީ އިންތިޚާބަކީ ބަނގުރާކައްކަން އެނގެނީ ކާކަށްތޯ ބާއްވާ އިންތިޚާބެއްތޯ، އަދި ވަކި މީހަކު އިމާނުވެ ނަމާދު ކޮށްފިއްޔާ ވަޢީދަކަށްވެސް ވަނީތޯ؟ އަދި އެޖަމާއަތުގާ ކިތައްގާރީން ތިއްބެވިތޯ؟؟ އިޔާޒޫ؟؟