Thursday, 18 April 2024

ގައުމަށް ގައްދާރުވާ މީހުންނާ ދެކޮޅަށް ގާނޫނު ހަދާނަން: މުއިއްޒު

އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ގައުމަށް ގައްދާރުވާ މީހުންނާ ދެކޮޅަށް ގާނޫނެއް ހަދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަންދޭނެ އެއް ކަމަކީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުން ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިންނަށް ތިބެވިގެން ނުވާނެ ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ބަލަންޖެހޭ ކަމަށާއި، އޭގައި މިނިވަންކަމަށް ބުރުއަރާ ގޮތަށް ހުރި ކަންކަން ހައްލުކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ގޮތަށް ގައުމަށް ގައްދާރުވާ މީހުންނާއ، ޓްރީސަންއާ ދެކޮޅަށް ގާނޫނު ހަދައި، އެމީހުންނަށް އަދަބު ދޭނެ ކަމަށެވެ.
"ޖުޑިޝަރީ ރިފޯމް ކުރުމަށް ހުށަހަޅާއިރު މިދެންނެވި ފަދަ [ގައުމަށް ގައްދާރުވާ މީހުންނާއި، ޓްރީސަންއާ ދެކޮޅަށް] ގާނޫނެއް ހުށަހަޅަން ވިސްނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ދުވާފަރަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *