15 ޖަނަވަރީ 2025

އައިއޯއައިޖީ 2023: ޕެރަ އިވެންޓުން ފާތުން އާއި ރައްޒާގަށް ބްރޯންޒް މެޑަލް

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޕެރަ އެތުލެޓިކްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ދެ ބައިވެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު، ލޯ މެޑަލް ހޯދައިފިއެވެ.

ލޯފަން ކުދިންނަށް ހާއްސަ އިވެންޓުގައި ރާއްޖޭގެ ފާތުން އާއި ރައްޒާގު ވާދަކުރީ 100 މީޓަރު ދުވުމުގައި ވާދަކޮށް ފާތުން ބްރޯންޒް މެޑަލް ހޯދީ 17.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފާތުން އިއްޔެ ހަވީރު ކުރިއަށްދިޔަ ފައިނަށް ކޮލިފައިވީ މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓުގައި ވާދަކޮށް ދެ ވަނަ ހޯދައިގެންނެވެ. ފާތުންއާ އެކު އޭނާގެ އެހީތެރި ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވަނީ ފާތިމަތު ޝަމްހާއެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރައްޒާގު ރޭސް ނިންމީ 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރައްޒާގުގެ ގައިޑް ރަނާގެ ގޮތުގައި މި އިވެންޓުގައި ދުވީ އާތިފް އިބްރާހިމްއެވެ.

މިނިސްޓަރ މަޚްލޫފް ވަނީ މި ކުޅުންތެރިންނަށް މަރުޙަބާ ވިދާޅުވެފައެވެ.

https://x.com/ahmedmahloof/status/1696481061776068716?s=46&t=ySI7Fs7vBNecJDdNu41MBg

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތީ ދައުލަތުގެ މީޑިއާގެ ޙާލަތު މިއަދު އޮތް މިންވަރަކީ ތިޔަށްތޯ ކިޔަންވީ މީޑިއާގެ މިނިވަންކަން އެބައޮތޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު