ރައީސް ޞާލިހް 2018 ގައި ނެރުނީ އެންމެ ޤާބިލް މީހާ ކަމަށް ވެގެން ނޫން ކަމަށް ޤާސިމް ވިދާޅުވެއްޖެ

ރައީސް ޞާލިހް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލުމަށް ނެރުނީ އެންމެ ޤާބިލް މީހާ ކަމަށް ވެގެން ނޫން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބ.ތުޅާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ރައީސް ޞާލިހަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އޭރުގައި ތިބި ސިޔާސީ ލީޑަރުން ނުހައްގުން ޖަލަށްލައި އެ ސަރުކާރުގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ވެރިކަމަށް ކުރިމަތި ނުލެވި، އެހެން ގޮތެއް ނެތުމުން އެންމެން އިއްތިފާގުވެގެން ނެރުނު މީހެއް ކަމަށެވެ.

ރައީސް ޞާލިހް 2018 ވަނަ އަހަރު ވެރިކަމަށް ކުރިމަތިލުމަށް ނެރުނީ އެންމެ ޤާބިލް މީހާ ކަމަށް ވެގެން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

މިއަދު ރައީސް ސޯލިހްގެ ހުރި ނާގާބިލް ކަން ފެނިގެން ހިނގައްޖެ ކަމަށާއި ރައީސްގެ ހުރި ހިޔާނަތްތެރިކަން ރައްޔިތުންނަށް ތަސައްވަރު ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިތަނުން ނިކުމެގެން ދިޔައީމަ ނުވަތަ މިހާ ހުއްޓާޥެސް ވަޒެއް ޖަހާ މަރާލިޔަސް ފަރުވާލެއް ނެތް. ކޮންމެ އިންސާނަކުވެސް މަރާ ކުރިމަތިވާނެ ކޮންމެވެސް އެއްދުވަހަކުން. އެއީ އެމީހަކަށް ނޭނގޭ އެއްޗެއްނޫން."
ގާސިމް ވިދާޅުވިއެވެ.
ރައީސް ޞާލިހް ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ވިޔާނުދާ ހަޑިމުޑުދާރު އަމަލުތަކުގެ ސަބަބުން މިއަދު ދިވެހިން އަޅުވެތިކަމުގެ ތެރެއަށް ވެށްޓެމުންދާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު