Wednesday, 19 June 2024

ޤާސިމުގެ ވެރިކަމެއްގައި ނައިފަރުން ފެށިގެން ހިންނަވަރަށް ގުޅާލަނީ

ނައިފަރުން ފެށިގެން މަޑިވަރު އެއާޕޯޓާއި، ފެލިވަރާއި ގާއެރިފަރާ އެކު ހިންނަވަރާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ ޅ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.

ޤާސިމް ވިދާޅުވީ, އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ, ނައިފަރާއި, ހިންނަވަރު ދެމެދު އޮތް މަދިވަރާއި ފެލިވަރުގެ އިތުރުން ގޭރިފަރު ހިމެނޭހެން ބްރިޖަކުން ގުޅާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެ ރަށްތައް ގުޅާލުމަކީ ބޮޑެތި ފަސޭހަތަކާއެކު އިޤްތިޞާދީ ކުރިއެރުން ވެސް ލިބޭނެ ކަމެއް ކަމަށެވެ.

"ހިންނަވަރަށް ދެވުނު ނަމަ އަޅުގަނޑު ވިސްނައިގެން ހުރީ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މިއޮތް މަޑިވަރާއި, ފެލިވަރާއި, ގާއެރިފަރާއި [ގުޅާލުން]. ދެން ކޮންމެ ގޮތެއް ވިޔަސް ކުޑަ ކަނޑުއޮޅިއެއް އެބަހުރި. ގާތްގަނޑަކަށް 300 މީޓަރު އެއް ފަޅު އަނެއް ފަޅާ ދޭތެރޭ ހުންނަނީ. އެންމެ ދިގު ދޭތެރޭ ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް އަޅުގަނޑު ބްރިޖުން ގުޅާލަދޭނަން."

ނައިފަރުގައި ހުންނަވާ ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެ ސަރަހައްދުގެ އާބަން ޑިވެލޮޕްމަންޓަށް ކުރިއެރުން ލިބޭނެކަށާއި، އެ ރަށްތައް ގުޅާލުމުން އެ ސަރަހައްދު ސިޓީއަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ ފާދިއްޕޮޅުގެ ރަށްތަކަކީ ބޮޑު ފަޅުތަކެއް އޮންނަ ރަށްތަކަށް ވާތީ, ބްރިޖު އެޅިޔަސް ކުރިއަށް އޮތް މުސްތަގުބަލުގައި ހިއްކަން ޖެހިއްޖެއްޔާ, ހިއްކާ ބޮޑު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ނައިފަރާއި ހިންނަވަރު ގުޅާލުމަކީ 2018 ވަނަ އަަހަރު, ޖުމްހޫރީ ޕާޓީ ހިމެނޭހެން އުފެއްދި ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވައުދުވެވަޑައިގެންނެވި ކަމެކެވެ. ނަމަވެސް އެވަޢުދު މިއަދާ ހަމައަށްވެސް ފުއްދިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު