އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ރަނިންމޭޓް މުޙައްމަދު އަސްލަމް ވެސް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ ރަނިންމޭޓުންގެ ބަހުސްގެ ބައިވެރިވެ ވަޑައިނުގަންނަވައެވެ.
ރައީސް ޞާލިހް ވެސް ޕީއެސްއެމްގެ ބަހުސްގައި ބައިވެރިނުވާން ނިންމުމުން ޕީއެސްއެމް އިން ވަނީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ކެންސަލް ކޮށްފައެވެ. އެކަމަކު މިހާރުވަނީ ރައީސް ސޯލިހް ވަނީ ސަންގު ޓީވީން ގެނެސްދޭ ރިޔާސީ ބަހުސްގައި ބައިވެރިވާން ނިންމަވާފައެވެ.
ޕީއެސްއެމްގެ ބަހުސްގައި އަސްލަމް ބައިވެރިނުވާ ސަބަބެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޞާލިހްގެ ކެމްޕޭން ތަރުޖަމާން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ ބަހުސަށްވުރެ ބޮޑަށް ރައީސް ޞާލިހް ވެސް އިސްކަން ދެއްވަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށެވެ.
ޕީއެސްއެމް ރިޔާސީ ބަހުސް ކެންސަލް ކުރުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.