Saturday, 15 June 2024
ޑރ، މުއިއްޒު ނ، ވެލިދޫގައި ބޭއްވި ޖަލްސާގައި

މުޢިއްޒުގެ ވަޢުދު: ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު

މި ފެށޭ ސެޕްޓެންބަރު މަހުގެ 8 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ، ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަށެެވެ. އަދި ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމް ދީނަށް އަޅުކަން ކުރުމަށް ފަހިވާ ގޮތަށް ކަންކަން ހުރުމަކީ ރައްޔިތުން ވަރަށް އުފާ ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ނިމިދިޔަ އީދު ތެރޭގައި މާލެ ތެރޭގައި އީދު ފާހަގަ ކުރަން ޒީނަތްތެރިކޮށްފައި އޮތުމުންނާއި ތަކުބީރުގެ އަޑުން އެ ސިޓީ ގުގުމާލުމުން ރައްޔިތުން އެކަން ބަލައިގަނެ، ތިބީ ވަރަށް އުފަލުން ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅަން،"

މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށާއި އަދި އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެެވެ.

މިއާ އެކީގައި ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ގްރޭޑް އަށަކުން ދަށުގެ ގްރޭޑްތަކުގައި އުޅޭ ދަރިވަރުންނަށް ސްކޫލްތައް ބަންދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަށެއް، ނުވައެއް، ދިހައެއް، އެގާރަ، ބާރައިގެ ކުދިން އެ ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ. އެކަމަކު އަށަކުން ދަށުގެ ހުރިހާ ދަށުގެ ހުރިހާ ކުދިންނަށް ބަންދުވާނެ،"

މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުއިއްޒު ވަނީ މި ސަރުކާރާއި އިސްލާމީ ޤައުމުތަކާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވެ، އެ ޤައުމުތަކާ އެކީގައި ގުޅުން ބަދަހި ކުރައްވާނެ ކަމަށާއި ހާއްސަކޮށް އަރަބި ޤައުމުތަކާ ގުޅުން ބޭއްވުމުގެ މުހިންމު ކަމަށާއި، އެ ޤައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާފައިވިނަމަ، ރާއްޖެއަށް ލިބޭނީ ކުރިއެރުމާއި، ރައްޔިތުންނަށް ފަހި ފުރުސަތުތައް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ވެރިކަމަށް އަންނަން ޖެހޭނީ މިކަމުގެ އިހްސާސްވާ ބައެއް ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ކަންކަން ކޮށްދެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު