މި ފެށޭ ސެޕްޓެންބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަދެއްކެވިޔަސް އެއީ ކަލަގޮވުން ނޫން ކަމަަށާއި އެއީ ހަނދާންކޮށްދިނުން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ޤާސިމްގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަހުލާ ޖުމްހޫރީ ޕާޓީގެ ހެންވޭރު ޖަލްސާ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޤާސިމް އިބްރާހީމް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ވާހަކަދައްކަވަނީ ކަލަގުވުމަށް ނޫން ކަމަށާއި އެކަންކަން ހަނދާންކޮށްދިނުމަށް ކަމަށާއި، ހަނދާންކޮށްދިނުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭ ހާލަތެއްގައި ވޯޓަކުން އެކަން ބަދަލުކުރުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އަހަރެމެންގެ ޤައުމާއި އަދުގެ ޖީލާ މެދު ކަންތައްކުރި ގޮތާ ގުޅޭގޮތުން ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަމާދަށް އިސްކަންދިން ނަމަވެސް ސުވާލުވެވޭނީ ނަމާދާ މެދު އެކަނި ނޫން ކަމަށާއި އަހަރެމެންގެ އަމަލުތަކާ ގުޅޭ ގޮތުން ސުވާލުވެވޭނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ވާހަކަދައްކަވަނީ ކަލަގޮވުމަށް ނޫން ކަމަށް ނަހުލާ ވިދާޅުވިއިރު، އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި 15000 ރުފިޔާގެ ލޯނަކުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކަލަ ގޮވުމަކީ އެއީ އޭ އިނގޭތޯ! އެވާހަކަތައް ނަހުލާ ދައްކަވާ ނަމަވެސް ބުނެވިދާނެ ކަލައެއް ނުނޭ ކޮށްދީފަހުރިކަންކަންވީމަ ހަނދާން އާކޮށްދެނީއޭ. އެކަމު ތިމާ އަމިއްލައަށް ގޮވޭނީ ހަމަ ކަލަ!
މަންޖެއަކަށް ނޭގޭތަ މީހަކަށް އެއްޗެއްދީފާ އެވާހަކަ އާމުންތެރޭގައި ގޮވަމުން ދިއުމަކީ އެއީ ކަލަގޮވުން ދުރޫސުލް އަޚުލު ނިކިޔަވާތިހުރީ