ޤައުމު އޮތީ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭ ހާލަތެއްގައި ކަމަށް މިނިސްޓަރ ނަހްލާ ސިފަކުރައްވައިފި

ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭ ހާލަތެއްގައި ވޯޓަކުން އެކަން ބަދަލުކުރުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޖޭޕީގެ ކެންޑިޑޭޓް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވިއިރު، އެކަމަނާ އަކީ ރައީސް ޞާލިޙްގެ ކެބިނެޓްގެ ވަޒީރެކެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ޤާސިމްގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަހުލާ ޖުމްހޫރީ ޕާޓީގެ ހެންވޭރު ޖަލްސާ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭ ހާލަތެއްގައި ވޯޓަކުން އެކަން ބަދަލުކުރުމަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އަހަރެމެންގެ ޤައުމާއި އަދުގެ ޖީލާ މެދު ކަންތައްކުރި ގޮތާ ގުޅޭގޮތުން ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަމާދަށް އިސްކަންދިން ނަމަވެސް ސުވާލުވެވޭނީ ނަމާދާ މެދު އެކަނި ނޫން ކަމަށާއި އަހަރެމެންގެ އަމަލުތަކާ ގުޅޭ ގޮތުން ސުވާލުވެވޭނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ޤާސިމްގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަހުލާ ޖުމްހޫރީ ޕާޓީގެ ހެންވޭރު ޖަލްސާ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޤާސިމް އިބްރާހީމް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ވާހަކަދައްކަވަނީ ކަލަގުވުމަށް ނޫން ކަމަށާއި އެކަންކަން ހަނދާންކޮށްދިނުމަށް ކަމަށާއި، ހަނދާންކޮށްދިނުމަކީ މުއުމިނުންގެ ސިފައެއް ކަމަށެވެ.

ޤާސިމް އިބްރާހީމް އެމަނިކުފާނު ކޮށްދެއްވި ކަންކަމުގެ ވާހަކަދައްކަވަނީ ކަލަގޮވުމަށް ނޫން ކަމަށް ނަހުލާ ވިދާޅުވިއިރު، އެކިއެކި ވަޒީފާތަކުގައި އުޅުއްވައި، ލިބިވަޑައިގަތް ތަޖުރިބާގެ އަލީގައި ޤާސިމް ފުރަތަމަ އަމިއްލަފުޅު ވިޔަފާރިއެއް ފެށްޓެވީ 1976 ވަނަ އަހަރުއެވެ. އެއީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ނެންގެވި 15000 ރުފިޔާގެ ލޯނަކުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ