Thursday, 18 April 2024

އިންތިޚާބީ ރިޝްވަތުގެ 20 މައްސަލަ އޭސީސީއަށް ހުށަހަޅައިފި

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ 20 މައްސަލައެއް މިހާތަނަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އިންތިޚާބާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް ހުށައެޅި 20 މައްސަލާގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ކުރެވޭވަރުގެ 4 މައްސަލައެއްކަމަށެވެ.

އެކޮމިޝަނުން ބަލައިގަން 4 މައްސަލައިގެތެރޭގައި، ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމާ ގުޅޭ 1 މައްސަލަ ހިމެނޭކަމަށާއި އަދި ބާކީ 3 މައްސަލަ މިހާރު ތަހްގީގްކުރަމުން އެބަދެއެވެ. އެހެންވެ، އެކަމުގެ ތަފްސީލް އޭސީސީން ހާމަކުރައްވާފައެއް ނުވެއެވެ.

އޭސީސީން ވިދާޅުވީ، މިހާތަނަށް ކޮރަޕްޝަނާ ގުޅުހުން ހުރި މައްސަލަތައް ހުށައަޅާފައިވަނީ މި ޕޯޓަލްއާއި އެހެނިހެން ގޮތްގޮތަށްކަމަށެވެ. މި ޕޯޓަލަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކުރައްވާފައިވާ ލުއިފޮތްވެސް ބަލައިލެވޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ އެ މައްސަލަ ހުށައެޅުމަށް އޭސީސީން ވަނީ އެކަމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމްކޮށްފައެވެ.

އިންތިޚާބާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށައަޅަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *