ރާއްޖޭގައި ހިންދޫ ދީން ފަތުރާ އިންޑިއާ މީހާގެ މައުލޫމާތު ފުލުހުން ސާފުކުރަނީ

މާލޭގައި ހިންދޫ ދީނުގެ ކުލާސްތަކެއް ނަގައިދޭން އައިސް ހުރި ހިންދޫ ދީނުގެ މީހާއި އާއި އިތުުރު މީހަކު މައުލޫމާތު ސާފުކުރަން ފުލުހަށް ގެންދިޔަކަމަށް ޚަބަރު ލިބެއްޖެއެވެ.

ހިންދޫ ދީނާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ކުލާސްތަކެއް މިއަދާއި މާދަމާ ކުރިއަށް ގެންދަނީ މާލޭގެ ގެސްޓްހައުސްއެއް ކަމަށްވާ އުނިމާ ގްރާންޑް ގައި ކަމަށް ގަނޭޝް ޑުބޭ މީސް މީޑިއާގައި އާއްމު ކުރި އިސްތިހާރެއްގައިވެއެވެ.

ގަނޭޝް ޑުބޭ، ހިންދޫ ދީނުގެ ހައްދުފަހަނަ އެޅިމީހާ ސެޝަން ނަގައި ދެނީ ކައުމުގެ މުހިއްމު މަޢުލޫމާތާއިއެކު މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ކިޔައި ދިނުމަށް ކަމަށް އިސްތިހާރުން ފެންނަން ހުއްޓެވެ.

އެ އިސްތިހާރުގައިވާގޮތުން، ވަކި ވަރަކަށް ޖާގަ ހުރުމާއެކު އެ ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން އަވަހަށް އެ ކުލާހުން ޖާގަތައް ކަށަވަރުކުރުމަށް ބުކިން ހެއްދުމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލަ ރާއްޖޭގެ ދީނީ އެއްބައިވަންތައް ކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނީ ހިލާފު ކަމަކަށްވާތީ ކަމާއި ގުޅޭ އިދާރާތަކައި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ މީސް މީޑިއާގައި ޕޯސްޓް ކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން، އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު