މިރޭގެ ނައިފަރު ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ

ސިޔާމުގެ ސުވާލެއް: ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ ތިބޭނީ؟

މިއީ ޤައުމީ މަސްލަހަތާ ގުޅިގައި އޮތް ވޯޓެއް ކަމަށް ވިދާޅުވެ، މިއީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ ތިބޭނީ ނުވަތަ ފުރަތަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ތިބޭނީތޯ ނިންނަން ޖެހޭ ނިންމުމެއްކަމަށް ސުވާލު އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިރޭ ވާހަކަދައްކަވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިރޭ ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު ކޮންމެ ރައްޔިތަކު ވެސް ވަރަށް ފާރަވެރިކަމާ އެކު ވިސްނަން ޖެހޭ ކަމަށާއި، ވޯޓުގެ ސައްހަކަން ކަށަވަރުކުރަން ރައްޔިތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ވޯޓުލުމަށްފަހު ވޯޓު ގުނައި، އިއުލާން ކުރައްވަންދެން މަޑުކުރެއްވުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ އުއްމީދެއް ގުޅިފައި މިއޮތީ އިންތިހާބާ. މިއީ ގައުމީ މަސްލަހަތާ ގުޅިގައި އޮތް ވޯޓެއް. މިއީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ ތިބޭނީތޯ ނުވަތަ ފުރަތަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ތިބޭނީތޯ ނިންނަން ޖެހޭ ނިންމުމެއް،"

ޝިޔާމް ވިދާޅުވިއެވެ.

އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަމުގެ އެ ވާހަކަތައް ދައްކަން ކެރޭ ތަންތަނަށް މިނިވަން މުއައްސަސާތައް ވާން ޖެހޭ ކަަމަށް ފާހަގަކުރައްވަމުން، ހާއްސަ ގޮތެއްގައި އިލެކްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ ޝިޔާމް ހަނދާންކޮށް ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު