Thursday, 18 April 2024

ރައީސް ޞާލިޙުގެ އުފަން ރަށުގެ ބަނދަރު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރަނީ

ބޭރުގެ ބޯޓުފަހަރުތަކަށްވެސް ޚިދުމަތް ދެވޭ ފެންވަރަށް، ރައީސް ޞާލިޙްގެ ރަށްކަމަށްވާ ހިންނަވަރު ބަނދަރުގައި ހަދާފައިވާ ޕޯޓު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އަމާޒަކީ އެ ބަނދަރުގައި ހަދާފައިވާ ޕޯޓު ކޮމާޝަލް ޕޯޓަކަށް ބަދަލުކުރެއްވުން ކަމަށާއި، އެތަނުން ބޭރުގެ ބެޑެތި ބޯޓުފަހަރުތައް އައިސް މުދާ ބޭލޭ ތަނަކަށް ހެދުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Image

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގައި އުފަން ރަށް، ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ހިންނަވަރުގެ ބޮޑު އާބާދީއާއެކުވެސް މިހާތަނަށް އެރަށަށް ޢުމްރާނީ ގޮތުން ކުރިއެރުން ނާންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހިންނަވަރަކީ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއްކަމާއި އެފަދަ މައްސަލަތަކާ ހުރެ އާބާދީގެ ގިނަ ބަޔަކު މާލޭގައި ދިރިއުޅެމުން އަންނަކަމަށް ފާހަގަކުރައްވާފައެވެ.

އަދި މި ވޭތުވެދިޔަ ސަރުކާރުތަކުން އެރަށަށް އިޙްމާލުވެފައިވާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

"އުމްރާނީ ތަރައްޤީ ނައިސް އޮތް ސަބަބާ މެދު ވިސްނާލާ. ގެއެއް ބަހަން ވިޔަސް މީހަކަށް ނުލިބޭ 100 އަކަފޫޓު ވެސް. ކިހިނެއްތޯ މި ތަންތަން ހަދާނީ. ހުދު އަޅުގަނޑުމެންގެ ގެ ބެހިޔަސް ކުއްޖަކަށް ލިބެނީ 200 އަކަފޫޓު." ރައީސް ވިދާލުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ދެވަނަ ދައުރުގައި ހިންނަވަރަށް ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

Image

އަދި މިއާއެކު، ރައީސް ވަނީ ދެވަނަ ދައުރުގައި ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްކޫލްއަށް ކްލާސްރޫމްތައް އިތުރުކޮށް ބޮޑު ބަދަލެއް އެ ސްކޫލްއަށް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ފުޓްސަލް ދަނޑެއް ތަރައްޤީކުރައްވާނެކަމަށާއި ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަޅު އެރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމަނުއްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *