Saturday, 25 May 2024
ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި

ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ޢަމަލީ މަަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު،ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. 2 ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 4 ކްލާސްރޫމާއިި، 2 ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނެއެވެ.

މި މަޝްރޫޢުގެ އަގަކީ 50,895,299.07  ( ފަންސާސް މިލިޔަން އަށްލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ނުވަދިހަ ނުވަ ރުފިޔާ ހަތްލާރި) ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *