15 ޖަނަވަރީ 2025

މިހާރު މުދަލު ޒަކާތުގެ ނިޞާބަކީ 7،151.90 ރުފިޔާ

ރާއްޖޭގައި ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7،151.90 ރުފިޔާ ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،151.90 ރުފިޔާކަމަށެވެ. މީގެ ކުރިން މިދިޔަ މެއި މަހު ކަނޑައަޅާފައިވަނީ 7،312.55 ރުފިޔާއެވެ.

https://islamicaffairs.gov.mv/wp-content/uploads/2023/08/Nisaabu.pdf

ރާއްޖޭގައި މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަލަނީ ރަން ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ ސާޅީސް ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު