ސްޓެލްކޯގެ މުވައްޒަފުން މި އިންތިޚާބުގައި ވޯޓުދެނީ ކޮންކޮން ކެންޑިޑޭޓުންނަކަށްތޯ މިހާރު ބަލާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކާފައިވާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން، ޝަރީފު މުވައްޒަފުންނާއި މުޚާތަބުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން އެބަދެއެވެ. ޝަރީފް ވަނީ، ރައީސް ޞާލިހަށް ހުރިހާ މުވައްޒަފުންވެސް ވޯޓުލުމަށް، ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ތިބޭފުޅުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން އަޅުގަނޑުމެންގެ ސްޓާފުން އަޅުގަނޑުމެން މިހާރުވާނީ ސްކްރީން ކޮށްފަ. އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން ކޮން ބޭފުޅުނުންނެއް ކަމެއް ތިމަންނަ ވޯޓުލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލަނީ މިވެނި މީހަކަށޭ، ތިމަންނަ ވޯޓްލާން ވަކި ގޮތެއް ނުނިންމަމޭ ބުނެފަ ހުރި ސްޓާފުން އަޅުގަނޑަށް އެނގޭ".
ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފްވަނީ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް އަދި ދިރިއުޅޭ މާހައުލަށް ރަށަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ވިސްނައިފި ކަމަށް ވާނަމަ އަތް ދާނީ ކެންޑިޑޭޓް ނަންބަރު ތިނަކާ ދިމާލަށްކަން ފާހަގަކޮށްފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގަ ވޯޓް ކަރުދާސް ހިފައިގެން ވޯޓިން ބޫތުގައި ހުންނައިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ނަންފުޅުގެ ދިމާލުގައި ފާހަގަ ޖެހުމަކީ އޭނާގެ އެދުމެއް ކަމަށާއި އަދި މިއީ އެންމެ ބޭނުންވާ ގޮތްކަމަށްވެސް ޝަރީފުވަނީ ވިދާޅުވެފައެވެ.
އިންތިޚާބުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ވޯޓު ދިނުމަށް މުވައްޒަފުންނަށް ބިރުދައްކައި އުސޫލުން ބޭރުން ވަޒީފާތައް ބަހާ މައްސަލަވަނީ ބޮޑުވެފައެވެ. އަދި އެއްވެސް އިންސާފެއް ނެތި ބިންބިމާއި ފުލެޓްތައް ދޫކުރަމުން އަންނަ ކަމަށްވެސް އާންމުން ބުނަމުންދެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކޮބާަ މައްސަލައަކީީ؟ 201 ގައިވެސްް ޔާމީނުު ބިރުު ދެއްކިި ނޫންތ؟ އޭރުު ޕީޕީީ ކުދިންނަށްް އޯކޭެ. މިހާރުު ކީއްވެެ އޯކޭެ ނުވާންވ؟
ފުއްޕާފައުޅުނަސް ވެރިކަންނަދަލުވުމުން ދާނީ ހަމަ ޗޮކުން ވަރަަށްސަލާމް