Tuesday, 23 July 2024

ޤާސިމުގެ މުހިއްމު މެސެޖްތަކެއް މިއަދު ހަވީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމް މިއަދު ހަވީރު ރައްޔިތުންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ރައްޔިތުންނަށް މުހިންމު މެސެޖު ތަކަކާއެކު އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި ގެނެސްދޭ ޚާއްސަ ލައިވް ކަވަރޭޖެއް މެދުވެރިކޮށެވެ. މި ކަވަރޭޖް ވީޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލައިވް ކަވަރޭޖުގައި ޤާސިމް އިބްރާހީމްއާއި އެމަނިކުފާނުގެ ރަނިން މޭޓު ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު އާއި ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީން މަޢުލޫމާތު ދެއްވައެވެ.

ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯއަކީ، މި ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ގޮތަކަށް، ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ފުރިހަމަ މެނިފެސްޓޯއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު