Saturday, 13 April 2024

ކަނޑުމަތީގެ ސިނާޢަތަށް އިހުމާލުވާތީ ކައްޕިން މިއަދު އަޑުއުފުލައިފި

ދަތުރުފަތުރާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައި އިހްމާލުވަމުންދާތީ، އެކަމަށް ޝުޢޫރުފާޅުކުރުމަށް، ދިވެހިރާއްޖޭގެ ކަނޑުމަތީގައި މަސައްކަތްކުރާ ކައްޕިން މިއަދު އަޑުއުފުލައިފިއެވެ. މިއަދު ހަވީރު ހުޅުމާލޭގައި ސައިކަލް ބުރެއް ބާއްވައި ދަތުރުފަތުރުުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޝުޢޫރު ފާޅުކޮށްފައިވެއެވެ.

ސަރަކަ ޔުނިޔަންއިން އިސްނަގައިގެން ބޭއްވި މި ސައިކަލު ބުރުގައި، ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ވަޒީފާގެ އެއްބަސްވުމުގައި ހުރި މައްސަލަތަކާއި މެޑިކަލް އިންޝިއުރަންސް، އަހަރީ ޗުއްޓީއާއި އޮފްޑޭއާއި، މަސައްކަތްކުރާ ގަޑި ކަނޑައެޅުމާއި، އިތުރުގަޑީގައި މަސައްކަތް ކުރުވާނަމަ އެކަމަށް އުޖޫރަކަނޑައެޅުމާއި އަހަރީ ބޯނަސް ދިނުމަށް ގޮވާލާފައިވެއެވެ.

ކަނޑުމަތީގެ ސިނާޢަތުގައި މަސައްކަތްކުރާނެ ވަކި ގަޑިތަކެއް ކަނޑައަޅާފައި އޮތުމާއި، ޤަވާޢިދާ ޚިލާފަށް މިދާއިރާގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހިންގެ ވަޒީފާތައް ގެއްލިގެން ދާާ ދިއުމަށް ޙައްލެއް ހޯދުމަށްވެސް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.

ސަލާމަތީ ކަންކަން މޮނިޓަރކުރުމަށް ޚާއްޞަ މުއައްސަސާއެއް އުފެއްދުމާއި ކައްޕިން ބާރުވެރިކުރުމާއި، ދަތުރު ނިންމާފައި އޮވެވޭނެ ބަނދަރެއް ޤާއިމުކުރުމަށްވެސް ބައިވެރިން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

މީގެއިތުރުން، ރައްކާތެރިކަމާއެކު ތިބެވޭނެ ބަނދަރެއް އަސާސީ ޚިދުމަތްތަކާއެކު ޤާއިމުކޮށްފައި ހުރުުމަށްވެސް ގޮވާލާފައިވެއެވެ.

ޕްލާސްޓިކް ޓައްޕާއި ބާލިދީގައި ވާޖަހައިގެން ބާލައިގެން ލޮނު ނެގުން މަނާކުރުމާއި، ޤާނޫނު ތަންފީޒު ކުރެވިގެން ނުދާތީ ދާއިރާއަށް މީހުން ނިކުންނަ ލެއް މަދުވުން ފަދަ މުހިއްމުކަން ކަމަށް އަޑު އުފުލައި، އެކަންކަން ޙައްލުކުރުމަށް ގޮވާލާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *