Wednesday, 19 June 2024
އަލިމަސް ކާނިވާގައި އޮތް އެމްޑީޕީގެ ބޮޑު ޖަލްސާ

ކޯޓުތަކުގެ ފުރާޅުން ޓިނު ނަގާ ތަން ދެކޭކަށް ދެނެއް ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް ޞާލިޙް

ކުރީގެ ސަރުކާރުތަކުން ވަނީ ކައުންސިލްތަކުގެ ބޭނުން ކަނޑުވާ މުވައްސަސާތައް އަޅުވެތިކޮށްފައި ކަމަށާއި ކޯޓުގެ ފުރާޅުން ޓިނު ނަގައިގެންނާއި ފަނޑިޔާރުން ބިންމަތިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Image

 

ރޭ އަލިމަސް ކާމިވާގައި ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވަނީ ކައުންސިލްތަކުގެ ބޭނުން ކަނޑުވާ މުވައްސަސާތައް އަޅުވެތިކޮށްފައި ކަމަށާއި ކޯޓުގެ ފުރާޅުން ޓިނު ނަގައިގެންނާއި ފަނޑިޔާރުން ބިންމަތިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތަކަށް ޤައުމުދާކަށް ރައްޔިތުން މިހާރު ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑުކުރާ ޤައުމަކަށް މިޤައުމުވާކަށް ދެނެއް ރައްޔިތުން ބޭނުމެއް ނުވޭ، މުވައްސަސާތައް އަޅުވެތިކޮށް، ކޯޓުތަކުގެ ފުރާޅުން ޓިނު ނަގާ، ފަނޑިޔާރުން ބިންމަތިކުރާތަން ދެކޭކަށް ދެނެއް ރައްޔިތުން ބޭނުމެއް ނުވޭ. ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލިސް ގުޅަކުޅޭ ފަސްގަނޑަކަށް ހަދަން ރައްޔިތުން ބޭނުން ނުވޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޔާމީން ސަރުކާރުގައި އޮޑިޓަރ ޖެނެރަލް ނިޔާޒް މަޤާމުން ވަކިކުރަންވެގެން، އެމްއެމްޕީއާރުސީ މައްސަލައިގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޕޯޓެއް ހެދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރިޕޯޓް ހުށަހެޅުމުން ރޭގަނޑެއްގައި ރައްޔިތުންގެ މަޖިލިސް ހުޅުވައިގެން ގަދަކަމުން މެންބަރުން ލައްވައި ވޯޓު އެޅުއްވި ކަމަށެވެ.

Image

މިސަރުކާރުން ރާއްޖެއަށް ތަރައްޤީ އިންތިހާއަށް ގެނެވިފައިވާ ކަމަށާއި ރައްޔިތުން އެކަން ވަރަށް ފުރިހަމައަށް ބަލައިގެންފި ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ 16 އަތޮޅަކަށް ދިޔުމުން ފެނިގެން ދިޔައީ ރައްޔިތުން އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ ކަމަށާއި ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ މި ސަރުކާރުން ގެނައި ތަރައްޤީއާމެދު ރައްޔިތުން ހަމަޖެހިފައިވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައިއްޔަތުން ބޭނުންވާކަނއތައް އެނގޭނީ ރައިއްޔަތުންނަށް ބޭނުންވެގެންތަ މިގައުމު ވިއްކާލައިގެން އަޅުވެތިކޮށްގެން ދަރަނިދަންތުރައެއްގާ ޖައްސައިގެން ލާދީނި ކަންތައް ކުރިއަރުވައިގެން ދީނަށްފުރައްސާރަކުރާމީހުންނަށް މަތީ މަގާމުތައްދީގެން، ކޯޓުތަކަށް ރިޝްވަތުދީގެން ނުފޫޒު ފޯރުވައިގެން ގާނޫނަށް ކޮޅުފައިންއަރައިގެން ބޭއިންސާފުން މީހުންހިފާހައްޔަރުކޮށް ރަހީނުކޮށްގެން އަނިޔާކުރަމުން ތިދަނީ؟ ތިމާ ރަށްރަށަށް އަރަންވީމާ ސިފައިންނާފުލުހުން އަރުވައިގެން އެރަށެއްގެ ރައިއްޔަތުން ތަޅާރޯގަންނަވަނީވެސް ރައިއްޔަތުން ބޭނުންވެގެންތޯ؟
    ރައިއްޔަތުން ބޭނުނވާނެތަ ތަނެއްދޮރެއް ނޭނގޭ ގަމާރެއް؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު